އައްޑޫ ސިޓީގެ ހިތަދޫން ގެއްލިގެން ހޯދަމުންދިޔަ އުބައިދުﷲ ހަސަން (28އ) ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ އައްޑޫސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދިޔަ އުބައިދުﷲ ހަސަނާ އާއި ގުޅިގަފައިވަނީ މަސްދޯންޏެއްގައި ހުއްޓައި ކަމަށެވެ.

Ad
rt

ފުލުހުން ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ހޯދުމަށް ކުރި މަސައްކަތުގައި އެހީވެދިން އެންމެ ހާފަރާތްތަކަށް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ.

އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ކަމަށާއި އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއްކަމަށް ފުލުހުން ބުނެފައިވެއެވެ. އެންމެ ފަހުން ފެނިފައިވަނީ 2022 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިންކަމަށް މީގެ ކުރިން ފުލުހުން ވިދާޅުވި އެވެ.

ހިތަދޫން މީހަކު ގެއްލިގެން ރިޕޯޓްކުރިއިރު، މީގެ ދެ ހަފުތާ ކުރިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގެއްލުނު 27 އަހަރުގެ މުހައްމަދު އަޒްހާންގެ ހަށިގަނޑު މިރޭ ވަނީ ހުޅުމާލޭގެ ވޯޓާ ތީމް ޕާކާ ދިމާލު ވަލުތެރެއިން ފެނިފަ އެވެ.

އޭނާގެ މަރު ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނޮވުމުގެ ކަންކަން ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.