ރިސޯޓްތަކުގެ އިސް މަގާމުތަތަކަށް ދިވެހިން ތަމްރީނުކުރުމަށް މަޝްވަރާ ކޮށްފި އެވެ.
މިމަޝްވަރާތަށް ކޮށްފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނެވެ. މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމުގެ އިތުރުން އެދެ މިނިސްޓްރީގެ އިސް ފަރާތްތެކެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި މަޝްވަރާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ބިނާ ކުރުމަށް ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އބްދުﷲ މައުސޫމް ވިދާޅުވީ ހަޔަރ އެޑިއުކޭޝަނުން އިސްނަގައިގެން ރިސޯޓްތަކުގެ ސީނިއާ މެނޭޖްމެންޓް ލެވެލްއަށް ދިވެހިން ޓްރެއިނިންގ ކުރުމަށް މަޝްވަރާކުރެއްވުމަކީ އެމަނިކުފާނު އުފާކުރައްވާ ކަމެއް ކަމަށާއި އެކަމަށް އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރިސޯޓު މެނޭޖްމެންޓުގެ ތަމްރީނަށް ބޭނުންވާ ދާއިރާތައް ކަނޑައެޅުމަށްފަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވި އެވެ.
"އެކައުންޓިން ސްކޮލަޝިޕްތަކެއް އަޅުގަނޑުމެން މިދޭތެރެއިން ދިނިން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ވެސް ރިސޯޓުތަކުގެ ސީނިއާ މެނޭޖްމެންޓް ޕޮޒިޝަންތަކެއް. އޭގައި އަޅުގަނޑުމެން މީހުން ބިނާކުރަންބޭނުންވަނީ ކޮންދާއިރާއަކުންތޯއާއި އެމީހުން ސެޓިފައި ކުރެވޭނެ ގޮތްގޮތްތައް އަޅުގަނޑުމެންނަށް އެބަޖެހޭ މައުލޫމާތުތައް ފޯރުކޮށްދޭން."
މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އިތުރަށް ވިދާޅުވީ ޓޫރިޒަމް ދާއިރާއިން މީހުން ބިނާކުރުމަށް މިނިސްޓްރީން މިހާރުވެސް އެކި ކޯސްތައް ހިންގަމުންދާކަމަށެވެ. ނަމަވެސް ރިސޯޓް މެނޭޖްމެންޓް ދާއިރާއިން މީހުން ތަމްރީނު ކުރަން ބޭނުންވެލައްވާކަމަށާއި އެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބާރުލެއްވުން ބޭނުންވެލައްވާކަމަށް ވިދާޅުވި އެވެ.
ރިސޯޓުތަކުގެ އިސް މަގާމުތަކުގައި މިހާތު ގިނައިން ތިބީ ބިދޭސީންނެވެ. އެފަރާތްތަކުގެ އިނާޔަތާއި މުސާރަ އާދައިގެ މުވައްޒަފުންނަށްވުރެއް އެތައް ގުނައެއް ބޮޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!