ކ. މާފުށި ޖަލުގައި ޑިއުޓީގައި ހުރި 32 އަހަރުގެ ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު މިރޭ ވިދާޅުވީ، މާފުށީ ޖަލުގައި މިރޭ ޑިޔުޓީ ކުރަމުން ދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނިއުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާކަމަށެވެ.

Ad
rt

ނައުޝާދަކީ މާފުށްޓަށް ނިސްބަތްވާ ޒުވާނެކެވެ. ނައުޝާދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ ހުކުރު ނަމާދަށްފަހު އެރަށު ކަތީބު ޙުސައިންމަކިނު މިސްކިތުގަ އެވެ.

"މަރުހޫމު ޕްރައިވެޓް އާދަމް ނިއުޝާދު ނިޔާވުމަކީ އަޅުގަނޑަށާއި މުޅިމުވައްސަސާގެ ހުރިހާ އޮފިސަރުންނާއި މުވައްޒަފުންނަށް ނުހަނު ފުން ހިތާމައެއް ކުރިމަތިކުރުވި ހަބަރެއް."

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު މީސްމީޑިޔާގައި ހިއްސާކުރި މެސެޖެއްގައި ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވެފައިވަނީ، މާފުށި ޖަލުގައި ޑިއުޓީ ކުރަމުން ދަނިކޮށް މި ރޭ ނިޔާވި ޕްރިޒަން ޕްރައިވެޓް މަރުހޫމް އާދަމް ނިއުޝާދު އެ ސަރވިސްގެ ޚިދުމަތާ ގުޅިވަޑައިގަތީ 2014 ފެބްރުއަރީ 03 ވަނަ ދުވަހު ކަމަށެވެ.

ނިއުޝާދު ވަނީ މާފުށީ ޖަލުގެ އެކިއެކި ޔުނިޓްތަކުގައި ނުހަނު އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައިކަމަށާއި 8 އަހަރާއި 7 މަހާއި 26 ދުވަހުގެ ޚިދުމަތަށް ފަހު، މަރުހޫމުގެ ވަކިވެ ދިޔުމަކީ އެ ސަރވިސްއަށް ލިބުނު ފުން ހިތާމައެއްކަމުގައި ފާހަގަކޮށްފައިވެއެވެ.

ދުޢާއަކީ މާތް ﷲ މަރުހޫމަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން. އަދި، ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން!