ގ.ޒަމާނީ މަންޒިލްގޭގައި އަލިފާނުގެ ހާދިސާއެއް ހިނގީ، އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައިހުރި އިލެކްޓްރިކް ސަރކެޓް ބޯޑެއްގައި ރޯވެގެން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑިއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފްއިން ބުނީ، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަލިފާންގަނޑު މިހާރު ނިއްވާލާފައިވާކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޒަމާނީ މަންޒިލްގޭ 3 ވަނަ ފަންގިފިލާ ގަ އެވެ. އަލިފާން ރޯވީ އެއިމާރާތުގެ 4 ވަނަ ފަންގިފިލާއިން 3 ވަނަ ފަންގިފިލާއަށް ގުޅާފައިހުރި އިލެކްޓްރިކް ކޭބަލްތަކެއްގަ އެވެ.
މި އަލިފާނުގެ ހާދިސާގައި އެ ކޭބަލްތަކާއި، އިލެކްޓްރިކް ސަރކެޓް ބޯޑަށާއި އަދި އިމާރާތަށް އެކިވަރުގެ ގެއްލުންވުން ފިޔަވައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑިއެފްއަށް މި ހާދިސާގެ ރިޕޯޓް ކޮށްފައިވަނީ މިއަދު 14:45 ހާއިރު އެވެ.

ފަޔަމަނުން ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލެވުނީ މިއަދުގެ 15:13 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މީގެ ކުރިންވެސް އިލެކްޓްރިކް ސޯޓުވެގެން ނުރައްކާތެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!