އައްޑޫ ސިޓީގެ ހިތަދޫންވެސް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ވިދާޅުވީ އައްޑޫސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދަނީ އުބައިދުﷲ ހަސަން (28އ) ކަމަށެވެ.

Ad
rt

އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ކަމަށާއި އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއްކަމަށް ފުލުހުން ވިދާޅުވި އެވެ.

"އެންމެ ފަހުން ފެނިފައިވަނީ 2022 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ 08:00 އެހައިކަންހާއިރު ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން"

ފުލުހުން ކުރި ޓުވީޓެއްގައި ވިދާޅުވި އެވެ.

އުބައިދުﷲ ހަސަނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަންބަރު 9791612 އަށް ގުޅުއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ހިތަދޫން މީހަކު ގެއްލިގެން ހޯދަމުންދާއިރު، މީގެ ދެ ހަފުތާ ކުރިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގެއްލުނު 27 އަހަރުގެ މުހައްމަދު އަޒްހާންގެ ހަށިގަނޑު މިރޭ ވަނީ ހުޅުމާލޭގެ ވޯޓާ ތީމް ޕާކާ ދިމާލު ވަލުތެރެއިން ފެނިފަ އެވެ.

އޭނާގެ މަރު ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނޮވުމުގެ ކަންކަން ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނޯޓް: މަސްދޯންޏެއްގައި ހުއްޓައި މިމީހާއާއި މިހާރު ގުޅިފައިވާކަމަށް ފުލުހުން ވިދާޅުވި އެވެ.

އުބައިދުﷲ ހަސަނާ ފެނިއްޖެ، ހުރީ މަސްދޯންޏެއްގައި

އުބައިދުﷲ ހަސަނާ ފެނިއްޖެ، ހުރީ މަސްދޯންޏެއްގައި