ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ: މެޓް
ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވެދާނެކަމަށް ލަފާކޮށްފި އެވެ. މޫސުމާއި ބެހޭ ގައުމީ އދާރާއިން މިއަދު ބުނެފައިވަނީ، މި މޫސުމީ ބަދަލު އަންނަނީ ހުޅަނގު މޫސުމުގެ ފެށުމާ ދިމާކޮށް، މި ސަރަޙައްދުގައި އުފެދިފައިވާ ދަށް ޕްރެޝަރގެ ސަރކިއުލޭޝަނަކާ ގުޅިގެންކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހިފައިވެއެވެ. މިގޮތުން އެންމެ ގިނައިން ވާރޭވެހުނު ކަމަށް...