ބުޅާ މަސް އަޅައިގެން ކާ އެއްޗެއް ތައްޔާރުކުރިކަމުގެ ހެއްކެއް ނުފެނުނު، އަރަފާތު ޑިޕޯޓް ކޮށްލައިފި
މަގުމަތިން ބުޅާ ހިފައި، އެ މަރައި، އޭގައި ކާބޯތަކެތި ތައްޔާރުކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 32 އަހަރުގެ، އެމްޑީ އަރަފާތު ހޮސައިން ޑީޕޮޓްކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤުގައި، ބުޅާ މަސް އަޅައިގެން އެއްވެސް ކާ އެއްޗެއް ތައްޔާރުކުރި ކަމުގެ ހެކި ފެނިފައެއް ނުވެއެވެ. “މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، އެ މައްސަލައިގައި ފުލުހުން ކުރަމ...