އެއްލައްކަ ރުފިޔާގެ އިނާމު ހިމެނޭ "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" ފެބްރުއަރީގައި!
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިންގ ފެސްޓިވަލް ކަމަށްވާ “އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024” އަންނަ ފެބްރުއަރީ މަހުގެ 21 އަދި 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫ ނޭޝަނުން އިއުލާނުކޮށްފިއެވެ. މި ފެސްޓިވަލްގައި އުރީދޫ ނޭޝަންގެ ކޮންޓެންޑަރ ސީރީޒްތަކުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވާ އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން ޖުމްލަ 100،000 ރުފިޔާގެ އިނާމަށް ވާދަކުރާނެއެވެ. މުބާރާތުގައި ކުޅުންތެރިން ވާދަކުރާނީ ޕަބްޖީ މޮބައިލް، އީ.އޭ.އެފް.ސީ އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް [...