ސާފު ފެނާއި ނަރުދަމާގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ފްރެޝްވޯޓަރ އެކްޝަން ނެޓްވޯކް ސައުތު އޭޝިއާ (ފެންސާ) މޯލްޑިވްސްއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ހާސިލްކުރުމަށާއި، މުޅި ސިޓީއަށް އަމާޒުކޮށްގެން ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމުގެ މަޤްސަދުގައި ސޮއިކުރެވުނު މި އެއްބަސްވުމަށްފަހު، ފެންސާ މޯލްޑިވްސްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް، އިތުރު މަޝްވަރާތައް ކުރިއެވެ.

Ad
rt

މި ބައްދަލުވުމުގައި، ނަރުދަމާއާ ގުޅޭ މަސައްކަތްތަކުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކުރުމާއި، އެފަދަ ޖަމްޢިއްޔާތަކުގެ ވިއުގަ ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، މުޅި ސިޓީއަށް އަމާޒުކޮށްގެން ނަރުދަމާގެ ހިދުމަތް ތަރައްޤީކުރުމާ ގުޅޭ އިސްތިރާޖުތައް ތަންފީޒުކުރުމަށް މުހިއްމު ފަރާތްތަކުގެ ބައިވެރިވުމާއެކު މަޝްވަރާތައް ކުރިއަށްގެންދެވުނެވެ.

މީގެއިތުރުން، ކުޅުދުއްފުށީ ސިޓީގެ ފެނާއި ނަރުދަމާ ދެމުންއަންނަ އެމްޑަބްލިއުއެސްސީގެ ސައިޓްތަކަށް ޒިޔާރަތްކުރިއެވެ.