މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި "ސުޒުކީ ކްލީން އަޕް ދަ ބީޗް" ހަރަކާތުގައި ހުޅުމާލެއިން 426 ކިލޯގެ ކުނި ނައްތާލާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދެވުނު މި ހަރަކާތުގައި އެމްޓީސީސީގެ 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގަތެވެ.

Ad
rt

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސޭވް ދަ ބީޗް މޯލްޑިވްސް އަދި ހުޅުމާލޭ މަސްވެރިންގެ ޖަމްޢިއްޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި، މި ހަރަކާތުގެ ތެރެއިން 426 ކިލޯގެ ކުނި ނައްތާލެވުނުކަމީ ރާއްޖޭގެ ގޮނޑުދޮށްތަކާއި ތިމާވެށި ސާފުކޮށް ރީތިކޮށް ބެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ހެއްކެކެވެ. އަދި އެ ކުންފުނިން އަބަދުވެސް ސާފު އަދި ތިމާވެށްޓާ ރައްޓެހި މާދަމާއެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އެމްޓީސީސީން އިތުރަށް ހާމަކޮށްފައިވެއެވެ.

މި ފަދަ ހަރަކާތްތަކަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ފާހަގަކުރެވެއެވެ.