އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ "ކޮންމެ 3 ދުވަހަކުން ސައިކަލު ލިބޭ" ޕްރޮމޯޝަނުގައި މިހާތަނަށް 8 ނަސީބުވެރިން ހޮވައިފިއެވެ.

އުރީދޫއިން މި މަހުގެ 23 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަން މި އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަނުގައި މުޅިއަކު 30 ސައިކަލު ކަސްޓަމަރުންނަށް ލިބިގެންދާއިރު، އަދިވެސް 22 ނަސީބުވެރިން ހޮވަން އެބައޮތެވެ.

Ad
rt

މި ޕްރޮމޯޝަނުން ލިބޭ ސައިކަލުތަކުގެ ތެރޭގައި އެއާ ބްލޭޑް 125، އެއާ ބްލޭޑް 160 އަދި ޕީސީއެކްސް 160 ގެ އިތުރުން 2024 ވަނަ އަހަރުގެ ރެބެލް 300 ސައިކަލެއް ހިމެނެއެވެ.

މި ޕްރޮމޯޝަނުގައި އުރީދޫގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. ކުރިން ގުޅިފައިވާ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއިން މަތިން ބިލް ދައްކާ، ރީޗާޖު ކުރުމުން ނުވަތަ އެޑްއޮން ބޭނުންކުރުމުން ބައިވެރިވެވޭނެއެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއިން މަތިން ބިލް ދެއްކުމުން ނުވަތަ ރީޗާޖު ކުރުމުން ނުވަތަ އެޑްއޮން ބޭނުންކުރުމުން ބައިވެރިވެވޭނެއެވެ.

އުރީދޫއިން ބުނާ ގޮތުގައި މިއީ އެ ކުންފުނީގެ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. އުރީދޫއަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ކަމަށް އެ ކުންފުނިން ބުނެއެވެ.