ވާދޫ ކަނޑު ތެރެއިން 2 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ޑިންގީއެއް ދިޔަވެ އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގީ މިރޭ 23:19 ހާއިރު ސިނަމާލެ ބްރިޖް ސަރަޙައްދުގެ ވާދޫ ކަނޑު ތެރޭގައެވެ. އުޅަނދުގައި ތިބި 2 މީހުންގެ ޙާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މި ހާދިސާއާ ގުޅިގެން މެރިން ޕޮލިސްގެ އޮޕަރޭޝަން ޓީމެއް ވަނީ ވަގުތުން ސަރަޙައްދަށް ފޮނުވާފައެވެ. އަދި ހާދިސާ ހިނގި ސަރަޙައްދުގައި ސަަލާމަތީ ޚިދުމަތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އުޅަނދު ދިޔަވެ އަޑިއަށް ދިޔަ ސަބަބު ބެލުމަށް ތަޙުޤީޤެއް ކުރިއަށްދާ ކަމަށެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ކަނޑުދަތުރުފަތުރުގެ ސަލާމަތީ މިންގަނޑުތަކަށް ފަރުވާތެރިވުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!