އުރީދޫ މޯލްޑިވްސް ރާއްޖޭގައި ހަރަކާތްތެރިވާތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތަޢާރަފުކޮށްފިއެވެ.

މި އޮފާތަކުގެ ތެރޭގައި އުމްރާ އަދި ހައްޖު ދަތުރުތަކާއި، ބޯނަސް ޑޭޓާ އަދި އެހެނިހެން ޚާއްސަ އިނާޔަތްތައް ހިމެނެއެވެ.

Ad
rt

ލިވް އަންލިމިޓެޑް ކެމްޕެއިން

އުރީދޫގެ 20 އަހަރުގެ ފާހަގަކުރުމުގެ ގޮތުން އެޕްރީލް މަހު ފެށި "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ދަށުން، 250 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަގެއްގެ ޚިދުމަތެއް ހޯދާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އެއްފަހަރު ގުރުއަތުލެވޭނެއެވެ. މި ގުރުއަތުން 19 ނަސީބުވެރިންނަށް އުމްރާ ދަތުރު ލިބޭއިރު، އެންމެ ފަހު ނަސީބުވެރިޔާއަށް ދެ މީހުންގެ ހައްޖު ދަތުރެއް ލިބިގެންދާނެއެވެ.

ބޯނަސް ޑޭޓާ އަދި އިތުރު އޮފާތައް

އޮގަސްޓް 1 އިން 7 އަށް ކަނޑައެޅިފައިވާ ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެއެވެ. މި ބޯނަސް ޑޭޓާ 4 ހަފުތާގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ. މީގެއިތުރުން، އޮގަސްޓް މަހުގެ ފުރަތަމަ ތިން ދުވަހު މައި އުރީދޫ އެޕްގެ "ސްޕިން ދަ ވީލް" ފީޗާ މެދުވެރިކޮށް އިތުރު އޮފާތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ

އެމް-ފައިސާ މެދުވެރިކޮށް ޚާއްސަ ޑިސްކައުންޓް

އޮގަސްޓް މަހުގެ ތެރޭގައި އެމް-ފައިސާ މެދުވެރިކޮށް ފުޑީސްއިން ކާބޯތަކެތި އޯޑަރުކުރާ ފަރާތްތަކަށް، ޖެހިގެން އަންނަ އޯޑަރުން 5 ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މިއީ އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެންދާ އިތުރު ޚާއްސަ އިނާޔަތެކެވެ.

އުރީދޫ މޯލްޑިވްސްގެ 20 އަހަރުގެ ފާހަގަކުރުމުގެ ގޮތުން ތަޢާރަފުކޮށްފައިވާ މި އޮފާތަކަކީ ކުންފުނީގެ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުމަށް ރޭވިފައިވާ ޚާއްސަ ޕްރޮމޯޝަންތަކެކެވެ.