އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތަރުވަނަ ނަސީބުވެރި ފަރާތަކަށް މުހައްމަދު އިފާޒު ހޮވިފައިވާކަން އިއުލާންކޮށްފިއެވެ.

އިފާޒަށް މި ލަކީ ޑްރޯގައި ލިބިފައިވަނީ އުމްރާ ދަތުރެކެވެ. އިފާޒުގެ ފަރާތުން އިނާމާ ހަވާލުވެފައިވަނީ ރައުޝަން އިސްމާއިލްއެވެ.

Ad
rt

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބިގެންދާނެއެވެ. އަދި ކެމްޕެއިންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި 2 މީހަކަށް ހައްޖު ދަތުރެއް ލިބިގެންދާނެއެވެ.

މި ކެމްޕެއިންގައި ބައިވެރިވުމަށް އުރީދޫގެ މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަންޖެހެއެވެ. އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއިން މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަންޖެހެއެވެ. މި ކެމްޕެއިންގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.

އުރީދޫއިން ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފައިވެއެވެ. "ލިވް އަންލިމިޓަޑް" ކެމްޕެއިނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

މި ކެމްޕެއިންއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނުވަތަ ore.do/liveunlimited ލިންކް މެދުވެރިކޮށް ބެލޭނެއެވެ.