އުރީދޫ މޯލްޑިވްސްއިން އިއުލާންކުރި އާ ހިދުމަތަކާއެކު، އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗް ބޭނުންކުރާ ފަރާތްތަކަށް ފޯނެއް ނެތި ވެސް ކޯލް އަދި މެސެޖްގެ ހިދުމަތް ލިބޭގޮތް މިވަނީ ތަޢާރަފްކޮށްފައެވެ.

މި ހިދުމަތަކީ ހަމައެކަނި އުރީދޫ ނެޓްވޯކް މެދުވެރިކޮށް ލިބޭނެ ހިދުމަތެކެވެ.

Ad
rt

އުރީދޫއިން ތަޢާރަފްކޮށްފައިވާ އީސިމް ހިދުމަތާއެކު، ސްމާޓް ގަޑި ބޭނުންކުރާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ތިބެގެން ވެސް ފޯނުކޮށް، މެސެޖް ކުރުމުގެ އިތުރުން މިއުޒިކް ސްޓްރީމްކޮށް، އެޕްލިކޭޝަންތައް ބޭނުންކުރެވޭނެއެވެ. މިއީ ހާއްސަކޮށް ކަސްރަތުކުރުމަށް ނުކުންނަ ފަރާތްތަކަށާއި، މަސައްކަތުގައި ބިޒީކޮށް އުޅޭ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.

އީސިމް ހިދުމަތް އެކްޓިވޭޓްކުރުމަށް އިތުރު އެޕްލިކޭޝަނެއް ނުވަތަ ފިޒިކަލް ސިމް ކާޑެއް ބޭނުމެއް ނުވެއެވެ. މި ހިދުމަތް އެކްޓިވޭޓްކުރުމަށް ކަސްޓަމަރުން ކުރަންޖެހޭނީ އެމީހެއްގެ ސްމާޓް ގަޑި ފޯނާ ގުޅާލުމަށްފަހު ސްކްރީނުގައި ފެންނަ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން އެކަންޏެވެ.

އުރީދޫއިން މި ހިދުމަތް ތަޢާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ. މި ހިދުމަތާއެކު ކަސްޓަމަރުންނަށް ކޮންމެ ވަގުތެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ވެސް ގުޅުމުގެ މިނިވަންކަން ލިބިގެންދާނެއެވެ.

އުރީދޫގެ މި އާ ހިދުމަތަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އައިސްފައިވާ އިންގިލާބީ ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ހިދުމަތް ތަޢާރަފްކުރުމާއެކު، ސްމާޓް ގަޑި ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކަކާއި މިނިވަންކަމެއް ލިބިގެންދާނެއެވެ.