ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން "ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯރކްޝޮޕް 2026" ގެ ނަމުގައި ވޯރކްޝޮޕެއް އިއްޔެ ބާއްވައިފިއެވެ.

މިއީ އެ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، އޮޓޮމޭޓްކޮށް، ކަރުދާހާއި ނުލާ މަސައްކަތްކުރާ އިދާރާއަކަށް ހެދުމަށް އެކުލަވާލާފައިވާ ޑިޖިޓަލައިޒޭޝަން އެޖެންޑާގެ ތެރެއިން ހިންގާފައިވާ ވޯކްޝޮޕެކެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ވޯކްޝޮޕްގައި އެ ކައުންސިލްގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.

ސެކްޝަންތަކުން މިހާރު ކުރަމުންއަންނަ މަސައްކަތްތައް އަވަސްކޮށް، އޮޓޮމޭޓްކުރެވޭނެ ގޮތްތަކާއިމެދު މި ވޯކްޝޮޕްގައި މުވައްޒަފުންގެ ޚިޔާލު ހޯދާފައިވާކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި އެއް ސެކްޝަން އަނެއް ސެކްޝަނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި، ވޯރކްފްލޯތައް މި ވޯކްޝޮޕްގެ ތެރެއިން ދެނެގަނެވިފައި ވާކަމަށް ވެސް ކައުންސިލުންވަނީ ބުނެފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނާ ގޮތުގައި، މިފަދަ ވޯރކްޝޮޕެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޑިޖިޓަލައިޒޭޝަން އެޖެންޑާ ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމާއި، މުވައްޒަފުންގެ ބައިވެރިވުމާއި އެކު އެމަސައްކަތް އިތުރަށް މުއްސަނދިކުރުމެވެ.