ހދ. ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށް ވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފައިވާކަމަށް އެ ކުންފުނިން ނެރުނު "ވީކްލީ ސްޓެޓިސްޓިކްސް" ގައި ބުނެފިއެވެ.

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް (ކޭޕީއެލް)ގެ މި ރިޕޯޓުގައި ބުނާ ގޮތުން އޯގަސްޓް 2 އިން 8 އަށް ހިނގި ހަފުތާގައި އުތުރުގެ ޕޯޓުން ވަނީ 9،592 ޕެކޭޖުގެ ޖެނެރަލް ކާގޯ، 23،628 ޕެކޭޖުގެ ސްޕެއާ ޕާޓްސް އަދި 2834 ކާޓަން ޑްރިންކްސްގެ އިތުރުން 254 މޮޓޯސައިކަލާއި 1 ހެވީ ވެހިކަލް ކްލިއާ ކޮށްފައެވެ.

Ad
rt

މީގެ އިތުރުން 2 އޯގަސްޓް 2026 އިން 8 އޯގަސްޓް 2026ގެ ނިޔަލަށް، އެ ހަފުތާގައި 20 ފޫޓުގެ 5 ކޮންޓޭނަރާއި 40 ފޫޓުގެ 9 ކޮންޓޭނަރާއެކު ޖުމްލަ 14 ކޮންޓޭނަރު ވަނީ ކްލިއަރކޮށްފައެވެ.

އަހަރުގެ 32 ވަނަ ހަފްތާގައި ދައްކާ މި ޢަދަދުތަކުން ކުޅުދުއްފުށީ ޕޯޓު ސަރަޙައްދުގެ ވިޔަފާރި، ލޮޖިސްޓިކްސް އަދި އަސާސީ މުދާ ފޯރުކޮއްދިނުމުގައި އަދިވެސް މުޙިއްމު ދައުރެއް އަދާ ކުރަަމުންދާކަން ހާމަވެއެވެ.

ކޭޕީއެލް އަކީ އުތުރުގެ ވިޔަފާރީގެ މައި ނާރެސްކަމަށްވާ ކުޅުދުއްފުށީ ސިޓީގައި އޮންނަ އުތުރުގެ ބަނދަރު ހިންގާ ކުންފުންޏެވެ. އެ ކުންފުނި އުފައްދާފައި ވަނީ ޖުލައި 2009 ގައެވެ.