ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާނު ކޮށްފިއެވެ.
ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީ ވެލެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރައްވައި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
މި އަންދާސީ ހިސާބު ހުށަހެޅުމަށް ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 16 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށެވެ. އަދި ބީލަން ފޮތް ގަތުމުގެ ސުންގަޑި އަކީ 23 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 27 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން، އިޢުލާނުގައިވާ ލިންކް ފުރިހަމަ ކުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
ހޯރަފުށީ ކައުންސިލްގެ ޢިޢުލާނާ ގުޅޭ ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ ފަސް ސަތޭކަ ރުފިޔާއެވެ. ބީލަން ފޮތް ވިއްކޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށާއި، ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވެ ބީލަންފޮތް ގަނެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.
މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ ރަށު ކައުންސިލްގެ ނަންބަރު 6500030 އަށް ރަސްމީ ގަޑީގައި ގުޅައިގެން ކުރިއަށް ގެންދިޔުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!