މާލޭގެ ތަރައްގީއަށް އެމްޑީޕީން ކޮށްދިން އެއްވެސް ކަމެއް ނޯންނާނެ: އައިފާން
މާލޭގެ ތަރައްގީއަށް އެމްޑީޕީން ކޮށްދިން އެއްވެސް ކަމެއް ނޯންނާނެ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ. އައިފާން މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީން ރާއްޖޭގެ މީޑިއާތަކުގެ ޒަރީއާއިން ކުރިއަށްގެންދާ ކެމްޕެއިން ޕްރޮގުރާމް ދިވެހީންގެ ރާއްޖެ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ. އައިފާން ވިދާޅުވީ އިދިކޮޅު މޭޔަރު އާދަމް އާޒިމް މިއަދު ވެސް ތަންފީޒުކުރައްވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހު...