32 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ޕޮލިސް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގެންފި އެވެ.
ރިޓަޔަކުރެއްވުމަށް ފަހު، ނަވީން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުން މިއަދު ވަކިވެވަޑައިގަތީ މީގެ ގާތްގަނޑަކަށް 32 އަހަރުގެ ކުރިން އެ ހިދުމަތާ ގުޅުނު ގޮތަށް ކަމަށެވެ. އެއީ ފުލުހުންގެ ބެޖަށް އޮތް އިހުތިރާމާއި މުއައްސަސާއާ މެދު އޮތް އިތުބާރާއި ގައުމަށް އޮތް ލޯބި އެގޮތުގައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ..
ނަވީން ވިދާޅުވި ގޮތުގައި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބުމަކީ ނުހަނު ބޮޑު ފަހުރެކެވެ.
ނަވީން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 1994 ޖުލައި 7 ވަނަ ދުވަހު އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ.
ޝުޖާޢު އިސްތިޢުފާ ދެއްވުމުން ޕޮލިސް ސާވިސް ވަގުތީ ގޮތުން ހިންގެވީ ވެސް ނަވީން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!