މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ވާދަވެރި އެމްޑީޕީގެ މޭޔަރު އަލީ އާޒިމުގެ މަސައްކަތްތަކަށް ދޭނީ 100 އަކުން ސުމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި މިހާރު ވަނީ އޭސީކޮށް ނިންމާލާފަ އެވެ.

Ad
rt

މިކަމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިސްކިތްތައް ރޯދަ މަހަށް ނިމިފައިވާކަމަށެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލުން މާލޭގެ މޭޔަރުގެ ބެލުމުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އާލްސާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގެ މަސައްކަތް ނިންމާނުލެވުނު ކަމަށް ވިދާޅުވިއެވެ.

"މިރޭވެސް ހުޅުމާލެ ރައްޔިތުން އާލްސާނީ (ގުއްބު މިސްކިތުގައި) ތަރާވީޚް ނަމާދު ކުރީ މިސްކިތުގެ ނެވިލޯނު އަޅާ ނުނިމެނީސް" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ މާލޭގެ މޭޔަރަކަށް އާޒިމް ހުންނަވައިގެން މިހާރު ކުރަމުންދާ މަސައްކަތްތައް ވަޒަން ކުރާނަމަ 100 އަކުން ދޭނީ ސުމެއްކަމަށް ވިދާޅުވެފައެވެ.

އިތުރަށް ޝުޖާއު ވިދާޅުވީ މާލޭގެ މިސްކިތްތައް އާބާތުރަ ފިލުވުމަކީ ރައީސް ޑރ.މުއިއްޒުގެ މޭޔަރުކަމުގައި ގަވާއިދުން ދުރާލާ ކުރަމުން އައި ކަމެއް ކަމަށެވެ. މާލޭގެ އެންމެ ބާރުބޮޑު ސަރަހައްދު، ބާޒަރުމަތީ މަގު ހަދައި ނިންމައި ހުޅުވާލުމާ ގުޅޭގޮތުން ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން 65 ދުވަހުން މާލޭގެ ބޮޑު މަގެއްގައި ތާޅު އަޅައި ނިންމާފައިވާކަމަށެވެ. ނަމަވެސް އެއް އަހަރުވެގެން ދިޔައިރުވެސް މާލޭގެ މޭޔަރަށް އެންމެ މިސްކިތެއްގަ ޓައިސް ޖަހާ ނެވިލޯނު ނޭޅުނު ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ.

ޝުޖާއު ވަނީ އިންތިހާބެއް ބޯމަތިވަމުން އަންނައިރު މިކަންކަމަށް ރައްޔިތުން ވިސްނުމަށް އިލްތިމާސްކުރައްވާފަ އެވެ.