މާލޭ ސިޓީގެ މައްސަލަތައް ހައްލުކޮށް މާލެ ތަރައްގީ ކުރަނީ ޕީއެންސީ ކައުންސިލަރުންގެ 99 އިންސައްތައިގެ ހިއްސާއެއް އޮވެގެން ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެ އެވެ.
އަރީޝް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި މާފަންނު ހުޅަނގު ދޮރުން ދޮރަށް ހަރަކާރުގެ ތެރެއިން މިޑިއާއަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
އަރީޝް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ޕީއެންސީގެ ކައުންސިލަރުން މާލޭގެ މޭޔަރަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
''ތިބޭފުޅުންނަށް ފެނިގެންދާނެ ކައުންސިލަރުން އެ ބޭފުޅުން ނިސްބަތްވާ ދާއިރާތަކުގެ މައްސަލަތައް ފޮޓޯ ނުވަތަ ވީޑިއޯ ނަގައި ގުރޫޕުތަކުގައި ހިއްސާކުރައްވާ މަންޒަރު. ހަގީގަތަށް ބުނާނަމަ މާލެ ސިޓީ ހިނގަނީ ޕީއެންސީގެ ކައުންސިލަރުން ކުރާ މަސައްކަތުން. މިއީ އެންމެ މީހަކު ކުރާ މަސައްކަތެއް ނޫން. މިއީ ޓީމެއްގެ މަސައްކަތެއް." އަރީޝް ވިދާޅުވި އެވެ.
އަރީޝް ވިދާޅުވީ މާލޭ ސިޓީގެ މައްސަލަތައް ހައްލުކޮށް މާލެ ތަރައްގީ ކުރަނީ ޕީއެންސީ ކައުންސިލަރުންގެ 99 އިންސައްތައިގެ ހިއްސާއެއް އޮވެގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!