މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރެއް ހޯދުމަށް މިހާރު ކެމްޕެއިން ކުރައްވާ އެމްޑީޕީގެ މޭޔަރު އާދަމް އާޒިމްއާއެކު މަސައްކަތްކުރަން ފަސޭހައެއް ނުވާނެކަމަށާއި، މާލެ ތަރައްގީކުރުމުގެ ވިޝަންއެއް އާޒިމްގެ ލީޑަރޝިޕްގައި ނުގެންގުޅުއްވާކަމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލް ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ފައިޞަލް ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީން ރާއްޖޭގެ މީޑިއާތަކުގެ ޒަރީއާއިން ކުރިއަށްގެންދާ ކެމްޕެއިން ޕްރޮގުރާމް "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ފައިޞަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ކައުންސިލުތަކުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ.

Ad
rt

އިދިކޮޅު ކެންޑިޑޭޓުންނަށް އިންތިހާބުގައި މެޖޯރިޓީ ދީފިނަމަ ސަރުކާރުން ބޭނުންވާ ތަރައްގީ ގެނައުމުގައި ދަތިތަކާ ކުރިމަތިވާނެކަމަށް ވެސް ފައިޞަލް ވިދާޅުވިއެވެ.

"ސަރުކާރުން ގެންނަ ތަރައްގީއާ ގުޅޭގޮތުން ނުވަތަ ރަށެއްގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސްއަކާ ގުޅޭގޮތުން ނުވަތަ ކައުންސިލު އިމާރާތަކާ ގުޅޭގޮތުން ނުވަތަ ރަށެއްގައި އަޅާ ފުޓްބޯޅަ ދަނޑަކާއި، ނުވަތަ ބަށި ކޯޓަކާ ގުޅޭގޮތުން ކިހިނެތްތޯ ސަރުކާރު ޖަވާބުދާރީ ކުރުވާނީ؟. މިއީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއް ނޫންތޯ؟ މިކަންކަމާ ދެކޮޅަށް މަސައްކަތްކުރާނަމަ އެއީ ތަރައްގީއާ ދެކޮޅަށް ނޫންތޯ އެ މަސައްކަތް ކުރަނީ." ފައިޞަލް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދެވޭނީ ޕީއެންސީއަށް ކަމަށް ވިދާޅުވެ، ފައިޞަލް ވަނީ މާލޭ ސިޓީ ކައުންސިލުގެ ގޮނޑިތައް ސަރުކާރަށް ދިނުމަށް ގޮވާލައްވާފަ އެވެ.