Skip to main content

ނާޒިމާ އަލީ

Contributor
🇲🇻 ތިލަދުން Desk
1,277 Stories
4,848 Reads

Published on ތިލަދުން (Thiladhun) by ނާޒިމާ އަލީ

އީރާން-ރަޝިޔާގެ ގުޅުމުގެ ސާފު ސިގްނަލެއް، ތެހެރާންގެ މަތިން "ހެވަކް" ހެލިކޮޕްޓަރުތައް އުދުހޭ މަންޒު ކެމެރާތަކަށް
International

އީރާން-ރަޝިޔާގެ ގުޅުމުގެ ސާފު ސިގްނަލެއް، ތެހެރާންގެ މަތިން "ހެވަކް" ހެލިކޮޕްޓަރުތައް އުދުހޭ މަންޒު ކެމެރާތަކަށް

އީރާނުގެ އަސްކަރިއްޔާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވޭ، ރަޝިޔާގައި އުފައްދާފައިވާ “މިލް މީ-28 އެން.އީ” ނުވަތަ ނޭޓޯއިން ކިޔާ ގޮތުން ނަމަ “ހެވަކް” މަރުކާގެ އެޓޭކް ހެލިކޮޕްޓަރުތައް ތެހެރާންގެ މަތިން އުދުހެމުންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެއްޖެއެވެ.   ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި (3-4 ފެބްރުއަރީ 2026) މި ހެލިކޮޕްޓަރުތައް ޓެސްޓް ފްލައިޓްތައް ބާއްވަމުންދާކަން ވަނީ ކަށަވަރުވެފައެވެ. މި ހެލިކޮޕްޓަރުތަކަކީ ޖެނުއަރީ މަހުގެ ފަހުކޮޅު ރަޝިޔާގެ “އައި.އެލް-76” މަރުކާގެ މަތިންދާބޯޓުތަ...

ރަފަހް ބޯޑަރު ހުޅުވި ފުރަތަމަ ދުވަހު ފަރުވާއަށް ދިޔުމުގެ ހުއްދަ ލިބުނީ ފަލަސްތީނުގެ އެންމެ 5 ބަލި މީހުންނަށް
International

ރަފަހް ބޯޑަރު ހުޅުވި ފުރަތަމަ ދުވަހު ފަރުވާއަށް ދިޔުމުގެ ހުއްދަ ލިބުނީ ފަލަސްތީނުގެ އެންމެ 5 ބަލި މީހުންނަށް

ގައްޒާގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، 2024 ވަނަ އަހަރުގެ މެއި މަހަށްފަހު ފުރަތަމަ ފަހަރަށް ރަފަހް ބޯޑަރު ފެބްރުއަރީ 2، 2026 ގައި އަލުން ހުޅުވައިފިއެވެ. ރަފަހް ބޯޑަރު ހުޅުވި ފުރަތަމަ ދުވަހު ބޯޑަރު ހުރަސްކުރުމުގެ ހުއްދަ އިސްރާއީލުން ދިނީ ފަލަސްތީނުގެ އެންމެ 5 ބަލި މީހުންނަށް ނަމަވެސް ބޯޑަރު ހުޅުވި ފުރަތަމަ ދުވަހު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބޯޑަރު ހުރަސްކުރުމުގެ ހުއްދަ ދީފައިވަނީ ހުށަހެޅި 27 ނަމުގެ ތެރެއިން […]

އެޕްސްޓީން ފައިލުން ޓްރަމްޕާގުޅޭ އާ ވާހަކައެއް، ޓްރަމްޕަށް މެލަނިއާ ތައާރަފްކޮށްދިނީ ޖެފްރީ އެޕްސްޓީން
International

އެޕްސްޓީން ފައިލުން ޓްރަމްޕާގުޅޭ އާ ވާހަކައެއް، ޓްރަމްޕަށް މެލަނިއާ ތައާރަފްކޮށްދިނީ ޖެފްރީ އެޕްސްޓީން

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން “އެޕްސްޓީން ފައިލްސް” ގެ ނަމުން މަޝްހޫރުވެފައިވާ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް އާންމުކޮށްފައިވާއިރު، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އަނބިކަނބަލުން މެލަނިއާ ޓްރަމްޕް ބައްދަލުވި ގޮތާ ބެހޭ އާ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ. އާންމުކުރި އެފް.ބީ.އައި ގެ “302” ރިޕޯޓުތަކުގައިވާ ގޮތުން، ހެކިވެރިއަކު ބަޔާން ދެމުން ބުނެފައިވަނީ ޓްރަމްޕްގެ މިހާރުގެ އަނބިކަނބަލުން މެލަނިއާ ނައުސް (މެލަނިއާ ޓްރަމްޕް)، ޑޮނަލްޑް ޓްރަމްޕަށް ތަޢާރަފުކޮށްދިނީ ޖެފްރީ އެޕްސްޓ...

އެޕްސްޓީންއާ ގުޅުން އޮތްކަން ފަޅާއެރުމުން ސްލޮވާކިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
International

އެޕްސްޓީންއާ ގުޅުން އޮތްކަން ފަޅާއެރުމުން ސްލޮވާކިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ، އެމެރިކާގެ ކުރީގެ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް ކަމަށް ބުނާ މައްސަލައެއްގައި، ސްލޮވާކިއާ ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މިރޮސްލާވް ލައިޗަކް އިސްތިއުފާ ދެއްވާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރޮބަޓް ފީކޯ އިއުލާން ކުރައްވައިފިއެވެ. ލައިޗަކް އިސްތިއުފާ ދެއްވާފައި މިވަނީ އެޕްސްޓީންއާ ގުޅޭ އާ ލިޔެކިޔުންތަކެއް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އާންމުކުރުމާ ގުޅިގެން އޭނާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވ...

އެޕްސްޓީންއާ އޮތް ގުޅުންތަކާ ގުޅިގެން ލޯޑް މެންޑެލްސަން ލޭބަރ ޕާޓީން އިސްތިއުފާ ދެއްވައިފި
International

އެޕްސްޓީންއާ އޮތް ގުޅުންތަކާ ގުޅިގެން ލޯޑް މެންޑެލްސަން ލޭބަރ ޕާޓީން އިސްތިއުފާ ދެއްވައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުންތަކުގެ ސަބަބުން، އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީއަށް އިތުރު “ލަދުވެތިކަމެއް ކުރިމަތިކުރުވަން” ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ، ލޯޑް މެންޑެލްސަން އެ ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ. ކުރީގެ ކެބިނެޓް މިނިސްޓަރު މި ނިންމުން ނިންމެވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އާންމުކުރި ލިޔެކިޔުންތަކެއްގައި އޭނާގެ ނަން ހިމެނުމާ ގުޅިގެންނެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހުކުރު ދުވަހު އާންމުކުރި ލިޔެ...

ނިއުކްލިއާ ހަތިޔާރާއި ނުލާވެސް ދިފާއުވުމުގެ ފުރިހަމަ ގާބިލުކަން އެބަހުރި: އީރާން
International

ނިއުކްލިއާ ހަތިޔާރާއި ނުލާވެސް ދިފާއުވުމުގެ ފުރިހަމަ ގާބިލުކަން އެބަހުރި: އީރާން

އީރާނުގެ އަސްކަރީ ސިޔާސަތުގައި ނިއުކްލިއާ ހަތިޔާރަށް އެއްވެސް ޖާގައެއް ނެތް ކަމަށާއި، އެފަދަ ހަތިޔާރަކާ ނުލައިވެސް އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ފުރިހަމަ ގާބިލުކަން އެ ގައުމަށް ލިބިގެންވާ ކަމަށް އެގަމުގެ ނިއުކްލިއާ އެޖެންސީގެ ވެރިޔާ މުޙައްމަދު އިސްލާމީ ވިދާޅުވެއްޖެއެވެ. އަނަޑޯލޫ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްލާމީ މިހެން ވިދާޅުވީ ލޯކަލް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ. އިސްލާމީ ފާހަގަކުރެއްވި ގޮތުގައި އީރާނަށް ނިއުކްލިއާ ބޮމެއް ބޭނުންނުވާ ކަމަށާއި، ދިފާއީ ގޮތުން ބޭނުންވާ...

އިރާގު މީހަކު ހަ އަހަރު ދުވަހުގެ މަސައްކަތުން އަތުން ލިޔެފައިވާ ބޮޑު މުޞްޙަފެއް ނިންމާލައިފި
International

އިރާގު މީހަކު ހަ އަހަރު ދުވަހުގެ މަސައްކަތުން އަތުން ލިޔެފައިވާ ބޮޑު މުޞްޙަފެއް ނިންމާލައިފި

އިރާގަށް ނިސްބަތްވާ އުމުރުން 54 އަހަރުގެ ފަންނާނެއް ކަމަށްވާ ޒަމާން، ހަ އަހަރު ދުވަހުގެ ބުރަ މަސައްކަތަށްފަހު އަތުން ލިޔެފައިވާ ބޮޑު މުޞްޙަފެއް ނިންމާލައިފިއެވެ. އިސްތަންބޫލްގެ މިސްކިތެއްގައި ހުރެ އޭނާގެ މި ކާމިޔާބީ ފާހަގަކުރަމުން ޒަމާން ބުނީ، މި މަސައްކަތް ނިންމާލެވުމުން އޭނާގެ ހިތް ފަޚުރުވެރިކަމާއި ޝުކުރުވެރިކަމުން ފުރިފައިވާ ކަމަށެވެ. މި މުޞްޙަފަކީ އޭގެ ސައިޒާއި ފުޅާމިނަށް ބަލާއިރު ފާހަގަކޮށްލެވޭ ބޮޑު މަސައްކަތެކެވެ. މީގައި ދެފަރާތަށް ލިޔެފައިވާ 302 އޮޅާލެވޭ ކަރުދާސް ހިމެނޭއިރު، ކޮންމެ ކަރުދާ...

އެޕްސްޓީން ފައިލްތަކުން ފެންމަތިވި ޓްރަމްޕާ ގުޅޭ ބިރުވެރި ތުހުމަތުތައް
International

އެޕްސްޓީން ފައިލްތަކުން ފެންމަތިވި ޓްރަމްޕާ ގުޅޭ ބިރުވެރި ތުހުމަތުތައް

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހުކުރު ދުވަހު ވަނީ އެޕްސްޓައިން ފައިލްތަކުން 3 މިލިއަނަށް ވުރެ ގިނަ ޞަފްޙާއާއި 180،000 ތަސްވީރާއި 2،000 ވީޑިއޯ އާންމުކޮށްފައެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ މިދިޔަ ޑިސެމްބަރުން ފެށިގެން އިއްޔެ (ހުކުރު ދުވަހާއި) ހަމައަށް މި ފައިލްތަކުގެ 3.5 މިލިއަން ސަފްހާ އާންމުކޮށްފައެވެ. ޖެފްރީ އެޕްސްޓީންއާ ގުޅޭގޮތުން އަލަށް އާންމުކުރި ސިއްރު ފައިލްތަކަކާއެކު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މެދު ވަރަށް ބޮޑެތި އަދި ބިރުވެރި ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. މި...

14 އަހަރުގެ މެދުކެނޑުމަކަށްފަހު ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި
International

14 އަހަރުގެ މެދުކެނޑުމަކަށްފަހު ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި

14 އަހަރުގެ މެދުކެނޑުމަކަށްފަހު ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ބުރާސްފަތި ދުވަހު އަލުން ފަށައިފިއެވެ. މިއީ އިސްލާމީ މި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި ފަތުރުވެރިކަން ކުރިއެރުވުމަށް ލިބުނު ފުރުސަތެކެވެ. ޕާކިސްތާނުގެ އެއާޕޯޓްސް އޮތޯރިޓީން ބުނި ގޮތުގައި، ބަންގްލަދޭޝް އިން ފުރި ފްލައިޓް ކަރާޗީ އެއާޕޯޓަށް ޖެއްސީ އެ ގައުމުގެ ގަޑިން ރޭގަނޑު 11:00 ހާއިރުއެވެ. އެ ފްލައިޓަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ “ވޯޓާ ސަލިއުޓް” އަކުންނެވެ. މީގެ އިތުރުން އޮފިޝަލުން […]

ބުރުކީނާ ފާސޯގެ އަސްކަރީ ސަރުކާރުން ސިޔާސީ ޕާޓީތައް އުވާލައިފި
International

ބުރުކީނާ ފާސޯގެ އަސްކަރީ ސަރުކާރުން ސިޔާސީ ޕާޓީތައް އުވާލައިފި

ބުރުކީނާ ފާސޯގެ އަސްކަރީ ސަރުކާރުން އެ ގައުމުގެ ހުރިހާ ސިޔާސީ ޕާޓީތަކެއް އުވާލައި، އެ ޕާޓީތައް ހިންގުމާ ގުޅޭ ގާނޫނީ އޮނިގަނޑު ބާތިލުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރި ރިޔާސީ ގަރާރެއްގައެވެ. ސެޕްޓެމްބަރު 2022 ގައި ބަޣާވާތަކުން ވެރިކަމަށް އައި އަސްކަރީ ވެރިންގެ މި ނިންމުމަކީ، ބަޣާވާތަށްފަހު ސިޔާސީ ހަރަކާތްތައް ހުއްޓުވާފައި އޮތް އޮތުން އިތުރަށް ވަރުގަދަކޮށް، ބާރުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެކެވެ. ބުރުކީނާ ފާސޯގެ އިންޓީރިއ...

އިސްރާއީލުގެ އެންމެ އިސް ޑިޕްލޮމޭޓް ދެކުނު އެފްރިކާއިން ބޭރުވުމަށް އެ ގައުމުން އަމުރުކޮށްފި
International

އިސްރާއީލުގެ އެންމެ އިސް ޑިޕްލޮމޭޓް ދެކުނު އެފްރިކާއިން ބޭރުވުމަށް އެ ގައުމުން އަމުރުކޮށްފި

ދެކުނު އެފްރިކާގައި ހުންނަވާ އިސްރާއީލުގެ އެންމެ އިސް ޑިޕްލޮމޭޓް، އެރިއަލް ސައިޑްމަން އަކީ އެ ގައުމަށް ބަލައިނުގަނެވޭނެ މީހެއް ނުވަތަ “ޕާސޯނާ ނޮން ގްރާޓާ” އެއްގެ ގޮތުގައި ކަނޑައަޅައި، 72 ގަޑިއިރުގެ ތެރޭގައި ގައުމުން ބޭރުވުމަށް ދެކުނު އެފްރިކާ ސަރުކާރުން އަމުރުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ 30 ޖެނުއަރީ 2026 ވާ ހުކުރު ދުވަހުއެވެ. ދެކުނު އެފްރިކާގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން (ޑީއައިއާރުއޯސީ) އިން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އަޅަން ޖެހުނީ […]

ޓްރަމްޕް ހީކުރާގޮތެއްނުވާނެ، އޭނާ އެ އުޅެނީ ހުވަފެނެއްގައި: އީރާން
International

ޓްރަމްޕް ހީކުރާގޮތެއްނުވާނެ، އޭނާ އެ އުޅެނީ ހުވަފެނެއްގައި: އީރާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ ހުވަފެނެއްގެ ތެރޭގައި ކަމަށާއި ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނިމުން ކަނޑައަޅާނީ އީރާނުން ކަމަށް ޓްރަމްޕް އީރާނާ ދެކޮޅަށް ދެއްވަމުން ގެންދަވާ އިންޒާރުތަކަށް ރައްދު ދެމުން، އީރާނުން ބުނެފިއެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި އީރާނުން މިފަދަ އިންޒާރެއް ދީފައިވަނީ ޕާޝިއަން ގަލްފަށް އެމެރިކާގެ ބިޔަ އަސްކަރީ ފްލީޓެއް ފޮނުވާލުމާ ގުޅިގެންނެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަ...

ކެނެޑާގައި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ތަފާތުކުރުމަށް ޖާގައެއް ނެތް: ބޮޑުވަޒީރު
International

ކެނެޑާގައި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ތަފާތުކުރުމަށް ޖާގައެއް ނެތް: ބޮޑުވަޒީރު

ކެނެޑާގައި އިސްލާމޯފޯބިއާއަށް ނުވަތަ މުސްލިމުންނާ މެދު އޮންނަ ނަފްރަތާއި ތަފާތުކުރުންތަކަށް އެއްވެސް ޖާގައެއް ނެތްކަމަށް އެ ގައުމުގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ މީގެ ނުވަ އަހަރު ކުރިން ކިއުބެކް ސިޓީގެ މިސްކިތަކަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ހަނދާންތައް އާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މީގެ ނުވަ އަހަރު ކުރިން، 29 ޖެނުއަރީ 2017 ގައި ކިއުބެކް ސިޓީގެ އިސްލާމިކް ކަލްޗަރަލް ސެންޓަރަށް ދިން ބިރުވެރި ބަޑީގެ ހަމަލާގައި ކެނެޑާގެ ހަ […]

ޔޫއޭއީގެ ސެކިއުރިޓީ އެޑްވައިޒަރު ސައުދީ އަށް ޒިޔާރަތްކުރުމަށް ދެކޮޅުހެދި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި
International

ޔޫއޭއީގެ ސެކިއުރިޓީ އެޑްވައިޒަރު ސައުދީ އަށް ޒިޔާރަތްކުރުމަށް ދެކޮޅުހެދި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

އަބޫދާބީގެ ނައިބު ވެރިޔާ އަދި ޔޫއޭއީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝައިޚް ތަހުނޫން ބިން ޒައިދު އަލް ނަހްޔާން ބަލައިގަތުމަށް ރިޔާޟުން ދެކޮޅުހެދި ކަމަށް ބުނެ ފެތުރެމުންދާ ރިޕޯޓްތައް ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް މީޑިއާ ސަލްމާން އަލް ދޯސަރީ ކަނޑައެޅިގެން ދޮގުކުރައްވައިފިއެވެ.   އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި އަލް ދޯސަރީ ވިދާޅުވީ ޝައިޚް ތަހުނޫން ކުރައްވަން އުޅުއްވި ޒިޔާރަތަކަށް ސައުދީން ދެކޮޅުހެދި ކަމަށް ބުނާ ރިޕޯޓްތަކަކީ “ކަނޑައެޅިގެން ދޮގު” ވާހަކަތަކެއް ކަމަށެވެ. “ޝައިޚް ތަހ...

"ޕީސް ކައުންސިލް" ހަމައެކަނި ޣައްޒާއަށް ހާއްސަކުރުމަށާއި ފަލަސްތީނަށް ރަސްމީ ގޮނޑިއެއް ދިނުމަށް ބްރެޒިލުން ޝަރުތުކޮށްފި
International

"ޕީސް ކައުންސިލް" ހަމައެކަނި ޣައްޒާއަށް ހާއްސަކުރުމަށާއި ފަލަސްތީނަށް ރަސްމީ ގޮނޑިއެއް ދިނުމަށް ބްރެޒިލުން ޝަރުތުކޮށްފި

އެމެރިކާއިން ހުށަހަޅާފައިވާ އާ “ޕީސް ކައުންސިލް” ގައި ބްރެޒިލުން ބައިވެރިވުމަށްޓަކައި، އެ ގައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެ ޝަރުތެއް ހުށަހަޅުއްވައިފިއެވެ. މި ޝަރުތުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމައެކަނި ޣައްޒާގެ މައްސަލައަށް ހާއްސަކުރުމާއި، ފަލަސްތީނަށް އދ. ގެ ސަލާމަތީ މަޖިލީހުން ރަސްމީ ގޮނޑިއެއް ދިނުން ހިމެނެއެވެ. ބްރެޒިލްގެ ރިޔާސީ ގަޑުވަރުން އާންމުކުރި ބަޔާނެއްގައިވާ ގޮތުން، މި ޝަރުތުތައް ހުށަހަޅުއްވާފައިވަނީ ރައީސް ލޫލާ އާއި ރައީސް...