ބެލްޖިއަމްގެ ގެންޓު ރޯދަމަހެއް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ދިއްލާލަނީ
ބެލްޖިއަމްގެ ތާރީޚީ ރަށެއް ކަމަށްވާ ގެންޓުގައި، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ފުރަތަމަ ފަހަރަށް މަގުތައް ޚާއްޞަ ލައިޓްތަކުން ދިއްލާލުމަށް ނިންމައިފިއެވެ. މިއީ މުސްލިމުންގެ މިފަދަ ކަމަކާއި ގުޅިގެން ބެލްޖިއަމްގެ މުނިސިޕަލްޓީއަކުން ރަސްމީގޮތުން ބަލައިގަނެގެން، މިފަދަ ބޮޑު މިންވަރަކަށް މަގުތައް ޒީނަތްތެރިކުރާ ފުރަތަމަ ފަހަރު ކަމަށް މިކަން އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ. ސިޓީ ކައުންސިލްގެ ހުއްދައާއެކު ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ގޭންޓުގެ އެންމެ ގިނަ ބަޔަކު ދ...