ކޮލަމްބިއާގެ މަތިންދާބޯޓެއް ވެއްޓި މަޖިލީހުގެ މެންބަރަކާއެކު ދަތުރުކުރި އެންމެން މަރުވެއްޖެ
ކޮލަމްބިއާގެ މަތިންދާބޯޓެއް ވެއްޓި، އެ ބޯޓުގައި ދަތުރުކުރި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކާއެކު 15 މީހުން މަރުވެއްޖެއެވެ. ކޮލަމްބިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހިމެނޭހެން 15 މީހުންނާއެކު ދަތުރުކުރި މި ބޯޓު، ބުދަ ދުވަހު ވެއްޓުނީ ކޮލަމްބިއާ އާއި ވެނެޒުއޭލާ ގުޅޭ ބޯޑަރު ކައިރިއަށެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން މަރުވެފައިވާ ކަމަށް ކޮލަމްބިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވެއެވެ. ކޮލަމްބިއާގެ ދައުލަތުގެ އެއާލައިން “ސަޓޭނާ” އިން އޮޕަ...