ފަލަސްތީނުގެ ނަރުހެއްގަޔަށް އިސްރާއީލުގެ ޖައްބާރަކު ބަޑިޖެހުމުގެ ސަބަބުން މުޅި އުމުރަށް ވާގިނެތިއްޖެ
ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮން ކައިރީގައި، ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ހަދަމުންދިޔަ އޭނާގެ އަމިއްލަ ގޭގެ ކައިރީގައި ހުއްޓައި، އިސްރާއީލުގެ ހައްދުފަހަނައެޅި ޖައްބާރު ވަޒަންވެރިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ 27 އަހަރުގެ ނަރުހެއް މުޅި އުމުރަށް ވާގިނެތިފައިވާކަމަށް ފަލަސްތީނުގެ ނާސިންގ އެންޑް މިޑްވައިފަރީ އެސޯސިއޭޝަނުން ބުނެފިއެވެ. ދުރާ ގަވަރމެންޓަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ނަރުހެއް ކަމަށްވާ މުޙައްމަދު ނަބީލް އަލް މުތައްވަރުގެ ބުރަކައްޓަށް ބަޑިޖަހާފައިވަނީ ހެބްރޮންގެ އިރ...