ކުޅުދުއްފުށީގައި ބަށި ބޯޅަ އޮފިޝަލުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި
ކުޅުދުއްފުށި ސިޓީގައި ބަށި ބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ގޮތުން ބޭއްވި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ބަށި ބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސްގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. އެގޮތުން މި އޮގަސްޓް މަހުގެ 1 ން 2 އަށް ބޭއްވި މި ޕްރޮގްރާމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގަރާމުގައި ބަށި ބޯޅައިގެ ޤަވާއިދުތަކާއި، މުބާރާތް ހިންގުމުގެ އުސޫލުތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ބައިވެރިންނާއ...