ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ބާއްވާ " ދީނީ ސުވާލު މުބާރާތް 1447" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިއަހަރު ސެޕްޓެމްބަރ މަސްތެރޭގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން އެ ކޮމިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ދީނީ މައުލޫމާތު މުއްސަނދި ކުރުމަށާއި ދީނީ ކަންކަމަށް ލޯބި ޖެއްސުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން 6 ޓީމުން ބައިވެރިވާނެނަމައެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކުން އެ ކޮމިޓީން ހިއްސާކޮށްފައިވާ ފޯމު، https://forms.office.com/r/yrT5amynG1 މެދުވެރިކޮށް 6 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ ހެނދުނު 11 ޖެހުމުގެ ކުރިން ރަޖިސްޓްރީ ވުމަށް އިލްތިމާސްކޮށްފައިވެއެވެ.
އެ ކޮމިޓީން ހިއްސާކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މި ޕްރޮގްރާމުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ގުރުއަތުން ހޮވޭ 10 ޓީމު ކަމަށެވެ.
މީގެ އިތުރުން މި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 6527105 އަށް ގުޅުއްވުމަށް އެ ކޮމިޓީން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!