ކުޅުދުއްފުށީގައި ބަށި ކޯޓެއް ތަރައްްޤީކުރުމަށް މިފަހަރު ތާއީދުކުރީ 66 މީހުން
ކުޅުދުއްފުށި ސިޓީގައި ބަށި ކޯޓެއް ތަރައްްޤީކުރުމަށްޓަކައި އާންމު ރައްޔިތުންގެ ފަރާތުން ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި 66 މީހުން އެކަމަށް ތާއީދު ކުރާކަމަށް ދައްކައިފިއެވެ. އާންމު ރައްޔިތުންގެ ފަރާތުން ހިޔާލު ހޯދުމަށް ހުޅުވާލި މި ފުރުސަތުގައި ފުރާފައިވާ ފޯމުތަކުގެ ނަތީޖާ އާންމު ކުރަމުން ކުޅުދުއްފުށީ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނެފައިވަނީ މި ފޯމު ފުރާފައިވަނީ މުޅި ޖުމްލަ 120 ބޭފުޅުންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 82 އަންހެން ބޭފުޅުންނާއި 38 ފިރިހެން ބޭފުޅުންނެވެ. އ...