Skip to main content

އައިޝަތު އައިނީ އާމިރު

Contributor
🇲🇻 ތިލަދުން Desk
542 Stories
160 Reads

Published on ތިލަދުން (Thiladhun) by އައިޝަތު އައިނީ އާމިރު

ކުމުންދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްްޤީކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ކުމުންދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްްޤީކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ކުމުންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް ހުޅުވާލަމުން ކުމުންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް https://forms.cloud.microsoft/r/STZwacjBnD މެދުވެރިކޮށް ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށެވެ. އ...

ހޯރަފުއްޓާއި އުލިގަމު ފުޓްސަލް ދަނޑު ތަރައްްގީކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހޯރަފުއްޓާއި އުލިގަމު ފުޓްސަލް ދަނޑު ތަރައްްގީކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުއްޓާއި، ހއ. އުލަގަމު ފުޓްސަލް ދަނޑު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ. މިކަމަށް ހުޅުވާލަމުން އެ ވުޒާރާއިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހޯރަފުށީގައި ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް https://forms.gle/3eXP5u2xwZdSr5wj6 މެދުވެރިކޮށް “ބިޑް ރަޖިސްޓްރީ ފޯމް” ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށެވެ. މީގެ އިތުރުން އުލިގަމުގައި ފުޓްސަލް ދަނޑ...

މިލަންދޫ ޕާކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

މިލަންދޫ ޕާކުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. މިލަންދޫ ޕާކުގެ ދެވަނަ ފިޔަވަހި ތަރައްްީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިލަންދޫ ކައުންސިލުން ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީކުރުމަށް އެ ކައުންސިލުން ގެޒެޓް މެދުވެރިކޮށް ހިއްސާކޮށްފައިވާ ރަޖިސްޓްރީ ފޯމު ފުރުމަށްފަހު 14 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން esms@milandhoo.gov.mv އަށް މެއިލް ކުރުމުން ރަޖިސްޓްރީ ކުރެވޭނެކަމަށެވެ. އެގޮތުން ބިޑު ބަލައިގަތުން އަދި ހުޅުވުން އ...

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހްތަކާ ދެކޮޅަށް މަސައްކަތްކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮމިޓީއެއް އުފެއްދަނީ
Thiladhunmathi News

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހްތަކާ ދެކޮޅަށް މަސައްކަތްކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮމިޓީއެއް އުފެއްދަނީ

ލާމަރުކަޒީ ޤާނޫނަށް ގެންނަން ފާސްކޮށްފައިވާ އިސްލާހްތަކާއި ދެކޮޅަށް ކޮމިޓީއެއް އުފެއްދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ މި ކޮމިޓީ އުފެއްދުމަށް ނިންމީ، ލާމަރުކަޒީ ޤާނޫނަށް ގެންނަން ފާސްކޮށްފައިވާ ބަދަލުތަކާއި ދެކޮޅަށް ކުރެވެން ހުރި ކަންކަން ދިރާސާކޮށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، އެބަދަލުތައް ގެނެސްފިނަމަ އެކަމުން ކައުންސިލަށާއި ރައްޔިތުންނަށް ލިބޭނެ ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް ކައުންސިިލުގެ މަސައްކަތް ރާވާ ތަރުތީބުކުރުމަށް ކަމަށެ...

11 ރަށެއްގެ މަގު ހަދަން އާރުޑީސީ އާއި ހަވާލުކޮށްފި
Business

11 ރަށެއްގެ މަގު ހަދަން އާރުޑީސީ އާއި ހަވާލުކޮށްފި

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމް އެވެ. މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއާއި ހަވާލުކުރި ރަށްތަކާއި އެ މަޝްރޫޢުތަކުގެ އަގުތަކ...

ރައްޔިތުން އަޅުގަނޑުމެން އިންތިހާބުކުރީ 4 އަހަރުގެ މަސައްކަތް ކޮށްފައި ފަހު އަހަރު ގޭގައި ތިބޭގޮތަކަށް ނޫން: އާޠިފް
Thiladhunmathi News

ރައްޔިތުން އަޅުގަނޑުމެން އިންތިހާބުކުރީ 4 އަހަރުގެ މަސައްކަތް ކޮށްފައި ފަހު އަހަރު ގޭގައި ތިބޭގޮތަކަށް ނޫން: އާޠިފް

ރައްޔިތުން، ސިޓީ ކައުންސިލުގެ މޭޔަރ އަދި ކައުންސިލު މެންބަރުން އިންތިހާބުކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި، ހަތަރު އަހަރު މަސައްކަތްކުރުމަށް ފަހު ބާކީ ފަހު އަހަރު ގޭގައި ތިބޭ ގޮތަކަށް ނޫންކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ އާޠިފް މިހެން ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެންނަން އިއްޔެ ފާސްކޮށްފައިވާ ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މޭޔަރ ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް މި ގެންނަ ބަދަ...

ތިލަދެކުނު ޤުރްއާން މުބާރާތުގައި ރަށް ތަމްސީލްކުރުމަށް ނެއްލައިދޫ ކައުންސިލުން 10,000 ރުފިޔާގެ އެހީއެއް
Thiladhunmathi News

ތިލަދެކުނު ޤުރްއާން މުބާރާތުގައި ރަށް ތަމްސީލްކުރުމަށް ނެއްލައިދޫ ކައުންސިލުން 10,000 ރުފިޔާގެ އެހީއެއް

ތިލަދެކުނު ޤުރުއާން މުބާރާތް 1447 ގައި ބައިވެރިވާ ހދ. ނެއްލައިދޫ ސްކޫލުގެ ދަރިވަރުންނަށް އެ ރަށު ކައުންސިލުން 10،000 ރުފިޔާ ހަދިޔާކޮށްފިއެވެ. މި މުބާތް ބާއްވަން ހަމަޖެހިފައި ވަނީ މި އޮގަސްޓް މަހު 11 އިން 14 ގެ ނިޔަލަށް ހދ. މަކުނުދޫގައެވެ. މިއީ މި ޤުރުއާން މުބާރާތުގައި ވާދަކުރާ އެ ރަށު ސްކޫލުގެ ކުދިންނަށް އެހީތެރިވެދިނުމުގެ ގޮތުން ނެއްލައިދޫ ކައުންސިލުން ވެފައިވާ އެހީއެކެވެ. ނެއްލައިދޫ ކައުންސިލުން ބުނެފައިވަނީ، މި ޤުރުއާން މުބާރާތުގައި ނެއްލައިދޫ ސްކޫލް ތަމްސީލުކުރާ ދަރިވަރުން […]

ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި

ހއ. ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. ފިއްލަދޫގައި ޤާއިމްކުރި މި ވޮލީބޯޅަ ކޯޓަކީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިންގެން ރަށް ރަށުގައި ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ތަރައްްޤީކޮށްފައިވާ ވޮލީބޯޅަ ކޯޓެކެވެ. އެގޮތުން މި ވޮލީބޯޅަ ކޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި ކޯޓު ހުޅުވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުالله ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ފިއްލަދޫ ކައ...

ކްލަބް ކޮރަލްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ މެޗުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށަނީ
Thiladhunmathi News

ކްލަބް ކޮރަލްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ މެޗުން ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފަށަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މި އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ފަށާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ. މި އަހަރު މި މުބާރާތުގައި ވާދަކުރަނީ މުޅި ޖުމްލަ 8 ޓީމަކުންނެވެ. މި ޓީމު ތަކުގެ ތެރޭގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ 4 ޓީމަކާއި ކުޅުދުއްފުށިން ބޭރު 4 ޓީމެއް ހިމެނެއެވެ. އެގޮތުން މި ޓީމު ތަކަކީ، ކުޅުދުއްފުށީ ސިޓީގެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި، މަގުލަސް ކްލަބު، ހިރަފުސް ސްޕޯޓްސް […]

ކުޅުދުއްފުށީގައި ދުވަން ނުކުތް މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Thiladhunmathi News

ކުޅުދުއްފުށީގައި ދުވަން ނުކުތް މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ކުޅުދުއްފުށީ ސިޓީގައި ފަތިހު ދުވަން ނުކުތް މީހަކު ޒޯން ސްޓޭޑިއަމްގެ ފާހާނާއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ޒޯން ސްޓޭޑިއަމް ފާހަނާ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ، ހަސަން މޫސާ (67އ)، ޖިފުޑި/ ކުޅުދުއްފުށި ސިޓީ އެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހަސަން މޫސާ މިއަދު ފަތިހު 5 ޖަހާ އެހާކަށް ހާއިރު ދުވަން ދިޔަގޮތަށް ހަބަރެއް ނުވެގެން ހެނދުނު 10:30 ކަށްހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް […]

ކަނޑިތީމުން ގޯތި ދޫކުރުމަށް ހުޅުވާލައިފި
Thiladhunmathi News

ކަނޑިތީމުން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ށ. ކަނޑިތީމު ކައުންސިލުން އެ ރަށުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 90 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމަށް ހުޅުވާލަމުން ކަނޑިތީމު ކައުންސިލުން ބުނެފައިވަނީ، މި 90 ގޯއްޗަށް އެދި ހުށަހެޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު […]

ހުސެންގެ ފިހިން ގޮއިދޫ އަށް ހިތްގައިމުކަން
Raajje

ހުސެންގެ ފިހިން ގޮއިދޫ އަށް ހިތްގައިމުކަން

ށ. ގޮއިދޫ އަށް ނިސްބަތްވާ އާޓިސްޓެއް ކަމަށްވާ އެ ރަށު ހީނާމާގެ، ޙުސައިން ވަޙީދުގެ ފަންނުވެރި ކުރެހުންތަކުން ރަށުތެރެ ޒީނަތްތެރިކޮށްލައިފިއެވެ. އެގޮތުން ޙުސައިންގެ މި މަސައްކަތުގެ ތެރެއިން ވަނީ ރަށުތެރެ ޒީނަތްތެރިކޮށް ފަންނުވެރި ހުނަރު ފާޅުކުރުމުގެ މަޤުސަދުގައި ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ ފުރިހަމަ ކުރެހުންތަކެއް ރަށުގެ ފާރެއްގައި ތަސްވީރުކޮށްފައެވެ. މި ކުރެހުންތަކަކީ 124 ފޫޓް ދިގު، 6.5 ފޫޓް އުސް ފާރެއްގައި (ޖުމްލަ 806 އަކަފޫޓް) ކުރެހިފައިވާ މ...

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ކަންބޮޑުވުން
Thiladhunmathi News

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ކަންބޮޑުވުން

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާމެދު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި އިސްލާހްގެ ބިލާއި ގުޅިގެން ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މި ބިލަކީ އިދާރީ ގޮތުންނާއި މާލީގޮތުން ބާރުވެރިކުރުމަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ މުހިންމު ބާރު ކަނޑުވާލާ، ކައުންސިލްތަކަށް ލިބިދީފައިވާ މާލީ މިނިވަންކަމާއި ވަސީލަތްތަކުގެ މިލްކުވެ...

ބާރަށުގައި ޑްރަގް ވިއްކާކަމަށް ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ބާރަށުގައި ޑްރަގް ވިއްކާކަމަށް ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހއ. ބާރަށުން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް އިން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އެގޮތުން މި އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް...

ޅައިމަގުގައި އަންހެނުންގެ ޚާއްސަ ޑރ. ހަނާ އާއިއެކު އެވެއަރނެސް ސެޝަން އެއް
Thiladhunmathi News

ޅައިމަގުގައި އަންހެނުންގެ ޚާއްސަ ޑރ. ހަނާ އާއިއެކު އެވެއަރނެސް ސެޝަން އެއް

ށ. ޅައިމަގުގައި އަންހެނުންނަށް ޚާއްސަ ކޮށްގެން އަންހެނުންގެ ޚާއްސަ ޑޮކްޓަރު، ޑރ. ހަނާ އާއެކު ހޭލުންތެރިކުރުުގެ ސެޝަން އެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ސެޝަން އަކީ ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ޅައިމަގު ކައުންސިލާއި ގުޅިގެން އަންހެނުންނަށް ޖެހޭ ބަލިތަކަށް ހޭލުންތެރިކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ސެޝަން އެކެވެ. އެގޮތުން މި ސެޝަން އާއި ގުޅޭގޮތުން ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނެފައިވަނީ މި ސެޝަންގައި އަންހެނުންނަށް ޚ...