ހއ. އިހަވަންދޫގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމުގެ ގޮތުން މަސްޖިދުލް އިބާދަތު މަރާމާތު ކުރުމަށް ފެނާރު އިންވެސްޓްމަންޓް އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް އިހަވަންދޫ ކައުންސިލުން 17 އޭޕްރީލް 2025 ގައި ބީލަމަށް ހުޅުވާލިއިރު ރަޖިސްޓްރީކޮށް، ބީލަން ހުށަހަޅާފައިވަނީ 3 ފަރާތަކުންނެވެ.
އެގޮތުން ބީލަން ހުށަހެޅި 3 ފަރާތެއްގެ ތެރެއިން ބިޑް ކާމިޔާބުކޮށް މި މަޝްރޫޢުގެ މަސައްކަތް އިހަވަންދޫ ކައުންސިލުން އެ ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ.
ފެނާރު އިންވެސްޓްމަންޓް އާއި ހަވާލުކުރެވުނު މި މަޝްރޫޢު އަކީ 37 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ. އަދި މަސައްކަތައް ވަނީ އިތުރު 30 ދުވަހުގެ މުއްދަތެއް އިތުރުކޮށްފައެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ޖުމްލަ އަގަކީ 282842.00 ( ދެ ލައްކަ އަށްޑިހަދެހާސް އަށްސަތޭކަ ސާޅީސް ދެ) ރުފިޔާ ކަމުގައި ވިޔަސް މި މަސައްކަތައް ވަނީ އިތުރު 19،350 (ނަވާރަހާސް ތިންސަތޭކަ ފަންސާސް) ރުފިޔާވެސް އިތުރުކޮށްފައެވެ.
ހއ. އިހަވަންދޫގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރަނީ އެރަށު ކައުންސިލްގެ އިސް ނެގުމަތިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!