ޕާކިސްތާނު ރައްޔިތުން އިންޑިއާއިން ފައިބަނީ
އިންޑިއާ ސަރުކާރުން ޕާކިސްތާނުގެ ރައްޔިތުންނަށް ދޫކޮށްފައިވާ ބައެއް ބާވަތްތަކުގެ ވިސާތައް، ކަޝްމީރަށް ދިން ޓެރެރިސްޓް ހަމަލާއާއި ގުޅިގެން ބާޠިލުކޮށްފައިވާތި، އެޕްރީލް 24 އިން ފެށިގެން 4 ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ 537 ރައްޔިތުން އިންޑިއާއިން ފައިބައިފިއެވެ. މީގެ ތެރޭގައި 9 ޑިޕްލޮމެޓުންނާއި އޮފިޝަލުން ހިމެނެއެވެ. އަޓާރީ-ވަގާ ބޯޑަރުން މި މީހުން ވަނީ ޕާކިސްތާނަށް ގޮސްފައެވެ. ޖަމްމޫ ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހިތާމަ ފާޅު...