އިންޑިއާ ސަރުކާރުން ޕާކިސްތާނުގެ ރައްޔިތުންނަށް ދޫކޮށްފައިވާ ބައެއް ބާވަތްތަކުގެ ވިސާތައް، ކަޝްމީރަށް ދިން ޓެރެރިސްޓް ހަމަލާއާއި ގުޅިގެން ބާޠިލުކޮށްފައިވާތި، އެޕްރީލް 24 އިން ފެށިގެން 4 ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ 537 ރައްޔިތުން އިންޑިއާއިން ފައިބައިފިއެވެ.
މީގެ ތެރޭގައި 9 ޑިޕްލޮމެޓުންނާއި އޮފިޝަލުން ހިމެނެއެވެ. އަޓާރީ-ވަގާ ބޯޑަރުން މި މީހުން ވަނީ ޕާކިސްތާނަށް ގޮސްފައެވެ.
ޖަމްމޫ ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހިތާމަ ފާޅުކުރައްވައި މިހަމަލާގެ ފަހަތުގައިވާ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގައި ވައުދުވެފައެވެ.
މި ހަމަލާގައި 26 މީހުން މަރުވެފައިވާއިރު، މި ހަމަލާ ދިން ފަރާތްތަކާަރާތްތަކާއި އޭގެ ފަހަތުގައި ތިބި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މޯދީ ވިދާޅުވެފައިވެއެވެ.
އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ (އެން.އައި.އޭ) އަށް ވަނީ މި ހަމަލާގެ ތަޙުޤީޤު ޙަވާލުކޮށްފައެވެ. އެން.އައި.އޭގެ ޓީމުތަކުން ވަނީ ހަމަލާ ދިން ސަރަޙައްދުގައި ކޭމްޕްކޮށްގެން ހެކި ހޯދުމުގެ މަސައްކަތް ފަށައިފައެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ ސިފައިން ވަނީ ލައިން އޮފް ކޮންޓްރޯލް (އެލް.އޯ.ސީ) ގައި ތިން ރެއަކު ވިދިވިދިގެން ހަމަލާ ދީފައެވެ. އިންޑިއާގެ ސިފައިންވެސް ވަނީ މި ހަމަލާތަކަށް ޖަވާބުދީފައި ކަމަށް އޮފިޝަލުން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!