ޔުކްރެއިންއިން ރަޝިޔާގެ ސަރަޙައްދުގައި އަސްކަރީ އޮފީހެއް ޤާއިމުކޮށްފިއެވެ.

ޔުކްރެއިންގެ އަސްކަރީ ބާރުތަކުން ރަޝިޔާގެ ބިމަށްއަރައި ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދާއިރު، އެ ޤައުމުގެ ހުޅަނގު ސަރަޙައްދުގައިވާ ކުރްސްކްގައި އަސްކަރީ އިދާރީ އޮފީހެއް ޤާއިމުކޮށްފިކަމަށް ޔުކްރެއިންގެ އެންމެ އިސް އަސްކަރީ ވެރިޔާ ވަނީ ކަށަވަރު ކޮށްދީފައެވެ.

Ad
rt

ބީބީސީން ރިޕޯޓްކޮށްފްފައިވަނީ ގޮތުގައި ޖެނެރަލް އޮލެކްސަންޑަރ ސިރްސްކީ ވިދާޅުވި ގޮތުގައި މި އޮފީހުގެ މަޤްޞަދަކީ އެ ސަރަޙައްދުގައި ޤާނޫނާއި އިންތިޒާމު ދެމެހެއްޓުމާއި ރައްޔިތުންގެ އަވަސް ބޭނުންތައް ފުއްދައިދިނުމެވެ. ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ އިސްކޮށް ހުންނަވައިގެން ބޭއްވި ބައްދަލުވުމެއްގައި ޖެނެރަލް ސިރްސްކީ ވިދާޅުވެފައިވަނީ މި އޮފީސް ޤާއިމުކޮށްފައިވަނީ "ޔުކްރެއިންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި" ކަމަށެވެ.

ރަޝިޔާގެ ދިފާޢީ ވަޒީރު އަންޑްރެއި ބެލޯސޮވް ވިދާޅުވެފައިވަނީ އެ ސަރަޙައްދުގެ އާބާދީ ރައްކާތެރިކުރުމަށްޓަކައި އިތުރު ބާރުތައް ފޮނުވާނެ ކަމަށެވެ. ޔުކްރެއިންއިން ބުނާ ގޮތުގައި ބުރާސްފަތި ދުވަހު އިތުރު ސަރަޙައްދުތަކެއް ހިފާފައިވެއެވެ.

ޖެނެރަލް ސިރްސްކީ ވިދާޅުވި ގޮތުގައި ޔުކްރެއިންގެ ސިފައިން ކުރްސްކް ސަރަހަށްދުން 35 ކިލޯމީޓަރު އެތެރެއަށް ވަދެ، 1،150 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ކޮންޓްރޯލްކުރަމުންދެއެވެ. މީގެ ތެރޭގައި 82 އާބާދީ ހިމެނެއެވެ. މިހާރު 10 ވަނަ ދުވަހަށް ހަމަލާތައް ދިގުދެމިފައިވާއިރު، މި ޙަމަލާއަކީ 2022 ވަނަ އަހަރު ރަޝިޔާއިން ޔުކްރެއިންއަށް ފުޅާ ދާއިރާއެއްގައި ޙަމަލާދިން ފަހުން ޔުކްރެއިންއިން ރަޝިޔާގެ އެންމެ އެތެރެއަށް ވަދެފައިވާ ޙަމަލާއެވެ.

ކީވްއިން ބުނެފައިވަނީ މިހަމަލާގައި އެސަރަޙައްދުގެ ކޮންޓްރޯލިބިފައިވިޔަސް ރަޝިޔާގެ ސަރަޙައްދު "ހިފުމުގެ" ޝައުޤުވެރިކަމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި މި ޙަމަލާގެ މަޤްޞަދަކީ "އިންސާފުވެރި ސުލްޙައެއް އަނބުރާ ގެނައުމަށް" އެއްބަސްވުމަށް މޮސްކޯއަށް ޕްރެޝަރުކުރުން ކަމަށެވެ.