ގޫގުލްއިން އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމް "ގޫގުލް އެސިސްޓަންޓް" އަލްވަދާއުކިޔައި އޭގެ ބަދަލުގައި "ޖެމިނައި ލައިވް" އަށް މަރުޙަބާ ކިޔައި އެ ފީޗާ ތަޢާރަފުކުރަން ނިންމައިފިއެވެ.

މި ބަދަލާއެކު، ކުރިން ގޫގުލް އެސިސްޓަންޓް މެދުވެރިކޮށް ލިބެމުންދިޔަ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ޖެމިނައި ލައިވް މެދުވެރިކޮށް ފޯރުކޮށްދޭން ފަށާނެއެވެ.

Ad
rt

ޕިކްސެލް ފޯނުތަކުގެ އައު ސީރީޒްއާއެކު ތަޢާރަފުކުރި މި އައު ސިސްޓަމްގައި، ކަނާތްފަރާތު ބަޓަނަށް ފިތާލައިގެން އިރުކޮޅަކު ހިފަހައްޓާލުމުން ޖެމިނައި ލައިވް އެކްޓިވޭޓްވާނެއެވެ. މީގެ އިތުރުން، ސްކްރީނުގައި ފެންނަ އެއްޗެއްގެ މަޢުލޫމާތު ހޯދުމަށް ނުވަތަ އިތުރު އެހީތެރިކަމަށް އެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިސާލަކަށް، ޔޫޓިއުބް ވީޑިއޯއެއް ބަލަމުންދާއިރު އިތުރު މަޢުލޫމާތު ހޯދުމަށް އެދެވިދާނެއެވެ.

ގޫގުލް މެސެޖް ފަދަ އެޕްލިކޭޝަންތަކުގައި އިމޭޖް ޖެނެރޭޓްކުރުމުގެ ޚިދުމަތްވެސް ޖެމިނައި ލައިވް މެދުވެރިކޮށް ލިބޭނެއެވެ. އަދި ގިނަ އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރެވޭ "ސާރކަލް ޓު ސާރޗް" ވެސް އަޕްޑޭޓްކޮށް، އިތުރު ފީޗަރތަކެއް ހިމަނާފައިވާކަމަށް ގޫގުލްއިން ބުނެއެވެ.

މި ބަދަލާއެކު، އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކަކާއި ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.