އެމެރިކާ- މެކްސިކޯ ބޯޑަރު ނުވަތަ އެމެރިކާގެ ދެކުނު ބޯޑަރު ރައްކާތެރިކުރުމަށް އަސްކަރިއްޔާގެ 1500 ސިފައިން ފޮނުވުމަށް ޕެންޓަގަންއިން ނިންމައިފިއެވެ.
ޑިފެންސް ސެކްރެޓަރީ ރޮބަޓް ސަލެސެސް މި އަމުރުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ. އެހެންނަމަވެސް، މި މިޝަނަށް ފޮނުވާނެ ވަކި އަސްކަރީ ބައިތަކެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.
ރައީސް ޓްރަމްޕްގެ އިންތިޚާބީ ވައުދުތަކުގެ ތެރޭގައި ބޯޑަރަށް އެކްޓިވް-ޑިއުޓީ ސިފައިން ފޮނުވުން ހިމެނެއެވެ.
މި ނިންމުން ނިންމާފައިވަނީ ބޯޑަރު ސެކިއުރިޓީއާ ގުޅޭ ގޮތުން ޓްރަމްޕް ސޮއިކުރެއްވި ދެ އެގްޒެކެޓިވް ގަރާރުގައި ސޮއި ކުރެއްވިތާ ދެ ދުވަސް ފަހުންނެވެ.
ސޮއިކުރެއްވި އެގްޒެކެޓިވް އޯޑަރުތަކުގެ ތެރޭގައި، ބޯޑަރުގައި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު، ޔޫއެސް ނޯދަން ކޮމާންޑަށް ސިފައިން ފޮނުވުމުގެ ޕްލޭނެއް އެކުލަވާލުމަށް އަމުރުކުރެއްވިއެވެ. އަދި އެ އޯޑަރުގައި ބޯޑަރަށް ވަދެއުޅޭ މީހުންގެ ސަބަބުން "އިންވޭޝަން" އެއް އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
މިހާރުވެސް ޓެކްސާސްގެ ފޯޓް ބްލިސްގައި ހުންނަ ޖޮއިންޓް ޓާސްކް ފޯސް-ނޯތުގެ ދަށުން 4000 ސިފައިން ބޯޑަރުގައި މަސައްކަތްކުރަމުންދާއިރު، އެއީ މައިގަނޑު ގޮތެއްގައި ނެޝަނަލް ގާޑުގެ ސިފައިންނެވެ. އޭގެ އިތުރުން އެކްޓިވް-ޑިއުޓީ ސިފައިންވެސް ކުރިން ބޯޑަރަށް ފޮނުވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!