އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮލޮމްބިއާ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަމުރުކޮށްފިއެވެ.

ކޮލޮމްބިއަށް ފިޔަޅު އަޅަން ޓްރަމްޕްމް އަމުރުކުރީ ކުށްވެރިން އަނބުރާ ގެންދިއުމަށް ފޮނުވި ދެ ފްލައިޓް ބަލައިނުގަތުމާ ގުޅިގެންނެވެ.

Ad
rt

އެ ޤައުމާ ދެކޮޅަށް ޓެރިފްްއާ ވިސާ ހަނިކުރުމާއި އަދި އެހެނިހެން ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އާދީއްތަ ދުވަހު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ޓްރަމްޕް ބުނި ގޮތުގައި މި ފިޔަވަޅުތަކަކީ ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯގެ ނިންމުމުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާތީ އަޅަންޖެހޭ ފިޔަވަޅުތަކެކެވެ. "މިއީ ހަމައެކަނި ފެށުން އެކަނި،" ޓްރަމްޕް ލިޔުނެވެ.

އެހެންނަމަވެސް، ކޮލޮމްބިއާގެ ރައީސް ޕެޓްރޯ ވަނީ އެމެރިކާއިން ޑިޕޯޓްކުރާ މީހުން އަނބުރާ ގެންދިއުމަށް ފޮނުވާ ފްލައިޓްތައް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި މި ފްލައިޓްތައް ބަލައިގަނެވޭނީ އެމެރިކާ ސަރުކާރުން މި މީހުންނާމެދު "ޤަދަރުވެރިކަމާއެކު" މުޢާމަލާތްކުރާނެ އުސޫލެއް އެކުލަވާލުމުންނެވެ.

ޕެޓްރޯ މިހެން ބުނުމުގެ ކުރިން، ބްރެޒިލްއަށް ޑިޕޯޓްކުރި މީހުން އަތާއި ފައިގައި ބިޑި އަޅުވައިލލ ހުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އޭނާ ވަނީ ޝެއަރކޮށްފައެވެ. "ބިދޭސީއަކީިިިިޮ ކުށްވެރިއެއް ނޫން. އަދި އިންސާނަކަށް ލިބެންވާ ޤަދަރާއެކު މުޢާމަލާތްކުރަންވާނެ،" ޕެޓްރޯ ބުނެފައިވެއެވެ.

"ވިޓްނެސް އެޓް ދަ ބޯޑަރ" އިން ހާމަކުރި މަޢުލޫމާތުގެ މަތިން 2020 އިން 2024 އަށް ކޮލޮމްބިއާއަށް 475 ޑިޕޯޓޭޝަން ފްލައިޓް ގޮސްފައިވެއެވެ. މިއީ ގުއަޓެމާލާ، ހޮންޑިއުރަސް، މެކްސިކޯ އަދި އެލް ސަލްވަޑޯ ފަހުން 5 ވަނައަށް އެންމެ ގިނަ ފްލައިޓް ބަލައިނުގަތް ޤައުމެވެ. 2024 ވަނަ އަހަރު އެކަނި 124 ޑިޕޯޓޭޝަން ފްލައިޓް ކޮލޮމްބިއާއިން ވަނީ ބަލައިގަނެފައެވެ.