އަޔަލެންޑުގެ ފޮރިންމިނިސްޓަރ މައިކަލް މާޓިން އެގައުމުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެއްޖެއެވެ.
އަޔަލެންޑުގެ ޕާލިމެންޓުން ނެގިވޯޓްގައި މައިކަލް މާޓިން އެ ގައުމުގެ އައު ބޮޑުވަޒީރު ކަމަށް ނުވަތަ ޓައޮއިސިޗްގެ މަޤާމަށް އިންތިޚާބު ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.
މި އިންތިޚާބީ ވޯޓު ނެގުނީ ބުދަ ދުވަހު ޕާލިމެންޓް އެކި ފަހަރު މަތިން މެދުކަނޑާލަން ޖެހުނު މިންވަރަށް ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދު ހޫނު ބަހުސްތަކެއް ކުރިއަށް ދިޔުމަށްފަހުގައެވެ.
64 އަހަރުގެ ފިއާނާ ފެއިލް ލީޑަރުގެ ނަން ހުށަހެޅުނު ވޯޓުގައި 95 މެންބަރުން ވޯޓުދެއްވާފައިވަނީ ތާއީދުކުރައްވާ ކަމަށެވެ. އަދި 76 މެންބަރުން ވޯޓުދެއްވާފައިވަނީ އިދިކޮޅަށެވެ.
އޭނާގެ ވާހަކަފުޅުގައި، މި ތަޖުރިބާކާރު ސިޔާސީ ލީޑަރު ވަނީ އޭނާގެ ޕާޓީއާއި، ފައިން ގެއިލް އަދި ރީޖަނަލް އިންޑިޕެންޑެންޓުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް އުރްސުލާ ވޮން ޑަރ ލެޔަން ވަނީ މާޓިން އައްޔަންކުރުމަށް މަރުޙަބާ ކިޔާފައެވެ.
މި އިންތިޚާބަކީ އަޔަލެންޑުގެ ސިޔާސީ މަޝްރަޙުގައި މުހިންމު ބަދަލެއް ގެނެސްދޭނެ ކަމެއްކަމަށް މުޙައްލިލުން ދެކެވަޑައި ގަންންވައެވެ.
މާޓިންގެ ލީޑަރުކަމުގެ ދަށުން އަޔަލެންޑުގެ ސިޔާސީ މަޝްރަޙު އިތުރަށް ހަރުދަނާވެ، ގައުމުގެ ތަރައްޤީއަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ގިނަ ފަރާތްތަކުން އުންމީދު ކުރެއެވެ.
މާޓިންގެ އިންތިޚާބާއެކު، އަޔަލެންޑުގެ ސިޔާސީ މަޝްރަޙުގައި އައު ބާބެއް ފެށިގެންދާއިރު، ގައުމުގެ ކުރިމަގާ މެދު ރައްޔިތުންގެ މެދުގައި އުންމީދީ ވިސްނުމެއް އުފެދިފައިވާ ކަމަށް ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަކީ އޭނާގެ ވެރިކަމުގެ މުހިންމު އެއް އިމްތިޙާނު ކަމުގައި ވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!