އީރާނާއެކު އައު ނިއުކްލިއަރ އެއްބަސްވުމެއް ވެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނަމަވެސް އެފަދަ އެއްބަސްވުމެއްގެ ތަފްސީލުތައް ވަރަށް ފަރުވާތެރިކަމާއެކު ވާހަކަދައްކައިގެން ނިންމަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، "އީރާނާ ބެހޭގޮތުން އަހަރެން ދައްކާފައިވާ ހަމައެކަނި ވާހަކައަކީ އެމީހުންނަށް ނިއުކްލިއަރ ހަތިޔާރު ނުގެންގުޅެވޭނެ ކަމާއި، އެމީހުންނަކީ ދީނީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމެވެ. އީރާނަކީ ވަރަށް ފުރުޞަތު ބޮޑު ޤައުމެއް. އެތާނގެ ރައްޔިތުންނަކީ ވަރަށް ރިވެތި ބައެއް."
އީރާނުގެ ވެރިންނަށް އިތުބާރުކުރެވޭތޯ ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ އެއްބަސްވުމެއް ހެދޭނަމަ، އެކަން ކަށަވަރުކުރެވޭނެ ގޮތްތަކެއް ހުންނާނެ ކަމަށެވެ.
"އެމީހުންނަށް ނިއުކްލިއަރ ހަތިޔާރު ނުގެންގުޅެވޭނެ. އެމީހުންނަށް އެކަން ކުރެވިއްޖެނަމަ، އެހެން އެންމެންވެސް އެކަން ކުރަން ފަށާނެ. އޭރުން މުޅި ކަންތައް ހަލާކުވެގެންދާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، ޓްރަމްޕްގެ އިދާރާއިން އީރާނާ ގުޅޭ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ އިސް ފަރާތެއްގެ ގޮތުގައި މެދުއިރުމަތީގެ ބޮޑު ސަފީރު ސްޓީވް ވިޓްކޮފް އައްޔަންކުރައްވާނެ ކަމަށް ބުރާސްފަތި ދުވަހު ޝާއިޢުކުރެވުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.
ވިޓްކޮފްއަކީ މިހާރުވެސް ޓްރަމްޕްގެ މެދުއިރުމަތީގެ އިސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!