އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން މީޑިއާ އަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ އޮޕްރޭޝަން ހުއްޓައިލީ 72 ގަޑިއިރަށް ފަހު ކަމަށެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164ސކމ ގެ ސަރަޙައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއ...