މިއަހަރުގެ ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ފޭސް2 ގައި ދަރުހެއް ބާއްވަން ނިންމައިފިއެވެ.
އެޗްޑީސީ އިން ބުނީ މި ދަރުސް ބާއްވަނީ "ރަމަޟާން މަހަށް އިސްތިޤްބާލު ކުރުން" މިނަމުގައި ކަމަށެވެ. އަދި ދަރުސް ދެއްވާނީ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ކަމަށެވެ.
މި މާރޗު މަހުގެ 10 ވާ ހުކުރު ދުވަހުގެރޭ ހުޅުމާލެ ފޭސް 2 ގައި ހިޔާ ފިލެޓް އެޗް 12 ވަނަ ޓަވަރުގެ އުތުރުން އޮންނަ ހުސް ބިމުގައި ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.
ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމަށް މިދިޔަ އަހަރު ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ.
އޭނާއަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ މަގާމު ވެސް އަދާކުރައްވާފައިވާ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!