ކުޅުދުއްފުށި ޔޫތު ސެންޓަރުގެ 2 ބެޑްމިންޓަން ކޯޓު މަރާމާތުކުރުމަށް ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރީ ބެންޒީ ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބެންޒީ ޕްރައިވެޓް ލިމިޓެޑް އާއި އެކު ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 08 މާރޗް 2023 ގައެވެ.

Ad
rt

މި މަސައްކަތް ހަވާލު ކުރެވިފައިވަނީ 784,080.00ރ (ހަތް ލައްކަ އަށްޑިހަ ހަތަރު ހާސް އަށްޑިހަ ރުފިޔާ) އަށް، 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި އެއްބަސްވުމުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 2 ބެޑްމިންޓަން ކޯޓްގެ މެޓް ބަދަލުކުރުމާއި އިމާރާތު އެތެރޭގެ ކުލައާއި ދަވާދު އައުކުރުން ހިމެނެ އެވެ. އަދި މޫވަބަލް ނެޓްޕޯސް ބެހެއްޓުން ވެސް ހިމެނެއެވެ.