ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފިއެވެ.

ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށް ޚާރިޖީ އޮފީހުން ވިދާޅުވެއެވެ.

Ad
rt

އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާގުޅޭއި މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ލަންޑަނަށް ވަޑައިގަތީ ދޯހާގައި ކުރިޔަށްދިޔަ އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށާއި ބާރލިންގައި ކުރިއަށްދިޔަ އައި.ޓީ.ބީ ފެއަރގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސާލިހުގެ އަރިހުގައި އެ ދެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ.