ހއ. ދިއްދޫގައި އަޅާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި އަޅާ ޓިވެޓް ސެންޓަރ ހިންގާނެ ފަރާތްތަކެއް ހޯދަން އިއުލާން ކޮށްފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މި މަސައްކަތަށް ސައުގުވެރިކަން ހުރިފަރާތްތަކުން ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް 27 މާރޗް ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށައެޅުމަށް އެދޭ ކަމަށެވެ.
ރިކުއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުނެއެވެ.
މިއީ މި ސަރުކާރުން ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކެކެވެ.
އެގޮތުން ހދ. ދިއްދޫ ޖޫނިއަރ ކޮލެޖް، ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ހާއްސަކޮށްފައިވާއިރު، އަލިފުށީ ޓިވެޓް ސެންޓަރު ހާއްސަ ކުރެވިފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ ކޯސްތައް ހިންގުމަށެވެ.
މިކޯސްތަކުގެ އިތުރުން ވޮކޭޝަންލް ދާއިރާ އާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ދެޕްރޮޖެކްޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށެވެ.
ކޮށްސްޓްރަކްޝަން ގެ މަސައްކަތް ނިމުމުން ބިލްޑިންގ ހަވާލުކުރާއިރު، މިތަންތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އިކުއިޕްމެންޓްތަކާއި ފިޓިންގްސް ހޯދާ އިންސްޓޯލް ކުރުމާއި ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ އޮޕަރޭޓް ކުރުމަށް ހަވާލު ކުރެވޭ ފަރާތުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!