ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރަން ކުނި މެނޭޖުކުރުމާ ބެހޭ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދުއެވެ.
މި އިސްލާހު ހުށަހެޅުއްވީ ރާއްޖެއަށް ކުނި އެތެރެކުރުމާ ގުޅޭގޮތުން ބަޔާންކުރާ އުސޫލުތައް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްކުރުމުގެ ގޮތުން، ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައެޅުމަށް ކަމަށް އެ އިސްލާހުގައި ބުނެފަވެއެވެ.
މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގުމުގެ ގޮތުން، ގާނޫނު ތަންފީޒުކުރާ އިދާރާތައް ކަމުގައިވާ މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް މި ގާނޫނުގައި ބަޔާންކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށް އެ ބިލުގައި ބުނެފަވެއެވެ.
މި އިސްލާހުގައި އެއްވެސް ބަޔަކު ރާއްޖެއަށް އެެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމަށް ވަނީ ބުނެފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ، ކުނި މެނޭޖުކުރުމާ ބެހޭ ބިލް ރައީސް ތަސްދީގު ކުރެއްވީ ޑިސެމްބަރު 18، 2022 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!