ވިސާ އާ ނުލާ އޮމާންގައި ދިވެހިންނަށް 14 ދުވަހު އުޅެވޭނެގޮތް ހަދައިފިއެވެ.

ރާއްޖޭގެ ޚާރިޖީ ވުޒާރާ އިން ވިދާޅުވީ ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެޤައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރައްވާ ފަރާތްތަކަށް އެޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެޤައުމުގައި ތިބެވޭނެ ކަމަށް އެ ވުޒާރާ އިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ މިގޮތަށް ދަތުރުކުރާއިރު، ދުރާލައި ހަދާފައިވާ ހޮޓަލް ބުކިންގ، ހެލްތު އިންޝުއަރެންސް އަދި ދެކޮޅު ޓިކެޓު އޮންނަންވާނެ ކަމަށެވެ.

މީގެ އިތުރުން ޕާސްޕޯޓުގެ މުއްދަތު މަދުވެގެން 6 މަސްދުވަސް އޮންނަންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.