އެމްއޭ ކަޕް ވޮލީ މުބާރާތް: ހިންމަފުށި ސެމީއަށް
ކ. ހުރާގައި މިހާރުކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް އަންހެން ޑިވިޜަންގެ ސެމީއަށް ހިންމަފުށި ދަތުރުކޮށްފިއެވެ. މި މެޗުގައި ބައްދަލުކުރީ މިމުބާރާތުގެ އަންހެން ޑިވިޜަންގެ ރަށުން ބޭރަށް ނިސްބަތްވާ ދެ ޓީމް ކަމުގައިވާ ހިންމަފުށީގެ އަންހެން ޓީމާއި ތުލުސްދޫގެ އަންހެން ޓީމެވެ. މި މެޗަކީ މޮޅުވާ ޓީމެއް ސެމީފައިނަލަށް އަދި ބަލިވާ ޓީމެއް މުބާރާތާ ވަކިވެގެންދާ ގޮތަށް އިން މެޗަކަށް ވާތީ ވަރަށް ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިއައެވެ. މެޗުފެށިގެން ވަރަށް ވާދަވެރި، […]