މާލެ އަތޮޅު ހުރާގައި ފޯރިޔާއެކު ކުޅެވެމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީމު ބްލެކް އީގަލްސް އިން ހޯދައިފިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ސްރީލަންކާގެ ސީނިއަރ ގައުމީ ޓީމްގެ އިސުރު/ދީޕްތީ އަދި ގައުމީ ޓީމް ކޯޗް ހިމެނޭ ތުލުސްދޫގެ ބުލެކް އީގަލަސް އާއި ރާއްޖޭގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ ހަސަން ނިލާމް (ޕާޓޭ)، ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ހުރާގެ ޓީމް ތްރީ ޑީ އެވެ.

Ad
rt

ވަރަށް ފޯރިގަދަ ކުޅުމަކަށް ފަހު ތިން ސެޓުން އެއްސެޓުން ކާމިޔާބު ކުރީ ޓީމް ބުލެކް އީގަލްސް އެވެ.

ރޭގެ މެޗު ފެށިގެން ތްރީ ޑީ އިން ވަރަށް ރަނގަޅަށް ކުޅެމުން ދަނިކޮށް ފުރަތަމަ ސެޓް 21/25 ބުލެކް އީގަލްސް ކާމިޔާބުކުރިއެވެ.

ވުމާއެކު ފައިނަލްގެ ފުރަތަމަ ޖާގަ ހޯދަން ދެޓީމުން ވެސް ބޭނުންވާތީ ތްރީ ޑީ އިން އިތުރަށް ހިތްވަރުލާ މަސައްކަތް ކުރަންޖެހުނެވެ. މިގޮތުން ވަރަށް ފޯރީގައި ކުޅެ ދެވަނަ ސެޓް 21/25 ޓީމް ތިރީ ޑީ ކާމިޔާބުކުރިއެވެ.

އިތުރަށް ފޯރިގަދަވެ، ފަހު ދެސެޓް ބުލެކް އީގަލްސް އިން ކާމިޔާބު ކުރިއެވެ.

ސެޓުތައް ގެންގޮސްފައި ވަނީ 11/25 ،17/25 ،25/21 ،21/25 އިންނެވެ.

ރޭގެ މެޗުގައި ޓީމް ބުލެކް އީގަލްސްގެ ސްރީލަންކާ ތަޖުރިބާކާރު ކުޅުންތެރި ދީޕްތީގެ ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ.

މެޗުން ބަލިވި ކަމުގައި ވިޔަސް ޓީމް ތްރީ ޑީގެ ހިތްގައިމު ކުޅުން ފާހަގަކުރެވުނެވެ. މި މެޗުން ޓްރީ ޑީ ބަލިވިޔަސް ފައިނަަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ސެމީ ފައިނަލުގައި ޓީމު މަންފާ އާ ކުޅެ މޮޅުވެއްޖެނަމަ، ފައިނަލަށް ދެވޭނެއެވެ.

ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އަޙުމަދު އަޝަރަފު ޝަރަފުވެރި ކޮށްދެއްވި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްރީލަންކާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޓީމް ބުލެކް އީގަލްސްގެ ޖާރޒީ ނަންބަރު 18 ދީޕްތީއެވެ.

ދީޕްތީ އަށް އިނާމް ހަވާލުކޮށްދެއްވީ މި މެޗް ބައްލަވާލެވުމަށްޓަކައި ރޭ ހުރައަށް ވަޑައިގެންނެވި ވޮލީބޯލް އެސޯސިއޭސަންގެ ނައިބު ރައީސް އަޝްރަފް ޢަލީ އެވެ.

މިރޭވެސް މި މުބާރާތުގެ އަންހެން ޑިވިޜަންގެ މެޗެއް އޮންނާނެއެވެ. ބައްދަލު ކުރާނީ ކުޅުނު އެއްވެސް މެޗަކުން މޮޅުވެވިފައި ނުވާ ދެޓީމް ކަމުގައިވާ ހިންމަފުށީގެ އަންހެން ޓީމާއި ތުލުސްދޫގެ އަންހެން ޓީމެވެ.

ނަމަވެސް މިމެޗުން މޮޅުވާބަޔަކަށް ސެމީ ފައިނަލް ޔަޤީން ވެގެންދާނެއެވެ. މިމެޗް ފެށޭނީ މިރޭ 9:30 ގައެވެ.

މިމެޗް އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ