ވަޢުދުފުޅުތައް ފުއްދުމުގެ ނަމުގައި އުސޫލުތަކުން ބޭރުން ޤާނޫނާއި ޤަވާއިދުތަކުގެ ބޭރުން އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ވޭމަންޑޫ އާއި އެ އަތޮޅު ކިނބިދޫ ގުޅާލާ ކޯޒްވޭ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބާއި، މިމަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލް ދެއްވަމުންނެވެ.

Ad
rt

މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ވޭމަންދޫ ކިނބިދޫ ކޯޒްވޭގެ މަސައްކަތްވެސް ޓެންޑާކޮށް، މަޝްރޫޢު ބަޔަކާއި ހަވާލުކޮށްގެން މިދައުރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.

އެ މަސައްކަތް މިއަހަރުގެ ސެކަންޑް ކުއާޓަރއަށް ދިއުމުމުގެ ކުރިން ޓެންޑަރަށް ހުޅުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިމަޝްރޫޢުގެ މަސައްކަތް ފެށުމަށް މިހާތަނަށް ދިމާވި އެންމެބޮޑު ގޮންޖެހުމަކީ މަސައްކަތުގެ އަގު ބޮޑުވުންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެގޮތުން މަސައްކަތުގެ އަގު 500 މިލިޔަން ރުފިިޔާއަށް ވުރެ ބޮޑުކަން ފާހަގަކުރައްވާ ވިދާޅުވީ އެ މަސައްކަތުގެ އަގު ކުޑަކުރުމަށް ވެލިއު އިންޖިނިއަރިންގ ހަދައި ކޯޒްވޭގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

މީގެއިތުރުން އެ ބަދަލުތަކާއިއެކު މިހާރު ކޯޒްވޭ މަޝްރޫޢުގެ އަގު 40 އިންސައްތައަށް ކުޑަކުރެވިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު އަސްލަމް ވަނީ ރައީސްގެ ވަޢުދުފުޅުތައް ފުއްދުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.